ދުނިޔެ

އދ. އިން ތާލިބާން ސަރުކާރަށް އެއްބާލުން ދެނީ

އަފްޣާނިސްތާންގައި އޮތް ތާލިބާން ސަރުކާރަށް އެއްބާލުން ދޭން ފެނޭތޯ އދ. ގެ ސެކިއުރިޓީ ކައުންސިލުން ބަލައިފި އެވެ. އދ. އިން އަފްޣާން ސަރުކާރަށް އެއްބާރުލުން ދޭން ބޭނުންވަނީ "ތާލިބާން' މިބަސް ނުހިމެނޭ ގޮތަށެވެ.

އދ. މެމްބަރު ގައުމުތަކަށް އެއްބަސްވެވުނީ މިވަގުތަށް ހައްދެއް ކަނޑައަޅައި އަފްޣާން ސަރުކާރަށް އެއްބާލުން ދޭ ގޮތަށެވެ. އެގޮތުން އަފްޣާންގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި ސިއްހީ އަދި ސިޔާސީ ގޮތުން ގައުމު ބައްޓަން ކުރުމަށް އެއްބާރުލުން ދިނުމަށެވެ.

އަފްޣާނިސްތާންގައި މިހާރު އޮތް ތާލިބާން ސަރުކާރަށް ދުނިޔޭގެ ތާއީދު ވަރަށް ކުޑަ އެވެ. ގިނަ ގައުމުތަކުން ބަލަނީ ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ. އެހެންކަމުން އދ. ގެ ސަލާމަތީ މަޖިލީހުގައި އޮތް ބަހުސްގައި ރަޝިއާ ބައިވެރިއެއް ނުވެ އެވެ.

ތާލިބާނުން ބުނާ ގޮތުން އަފްޣާން ތަރައްގީކޮށް ހައްގުތައް ކަށަވަރު ކުރުމުގައި ބައިނަލްއަގްވާމީ ޖަމާއަތްތަކަށް އެއްބާރުލުން ދެވޭނެ އެވެ. އެހެން ނަމަވެސް، ގައުމުތަކުން ބުނާ ގޮތުން ތާލިބާނުންގެ ބަހާ އަމަލާ ދިމައެއް ނުވެ އެވެ.

އަފްޣާންގައި އަންހެން ފިރިހެން ތަފާތުކުރުން ބޮޑުވުމާއި އަންހެނުންނާ މެދު އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގުން އިތުރުވަމުންދާ ކަމަށް އަފްޣާނަށް ބަލަހައްޓައިގެން ތިބި ޖަމާއަތްތަކުން ބުނެ އެވެ.

އަންހެން ކުދިންނަށް ތައުލީމް ދިނުމަށް ތާލިބާނުން ބާރުއަޅާ މިންވަރު ކުޑަ ކަމަށް ވެސް ގައުމުތަކުން ބުނެ އެވެ.

އދ. އިން ތާލިބާން ސަރުކާރަށް ކޮންމެވެސް ވަރަކަށް އެއްބާރުލުން ދިނުމަކީ ތާލިބާން ބަލައިގަތުމަށް ގައުމުތަކަށް ގޮތެއް ނިންމަން ފަސޭހަވާނެ ކަމެކެވެ.

އެހެން ނަމަވެސް ތާލިބާނުންގެ ވައުދާ އެއްގޮތަށް އަމަލުތައް ބަހައްޓައިފިނަމަ ތާލިބާނުންނާ މެދު ގޮތެއް ނިންމަން އެހެން ގައުމުތަަކަށް ވަރަށް ފަސޭހަވާނެ އެވެ.

ޗައިނާ އާއި ރަޝިއާ އަދި ތުރުކީން ވެސް ބުނެފައި އޮތީ އަފްޣާންގައި އިންވެސްޓް ކުރުމުގެ ކުރިން ތާލިބާނުންގެ އުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި ބަހާއި އަމަލު ދިމާކުރަން ޖެހޭ ކަމަށެވެ.