ދުނިޔެ

ޗައިނާއިން ތާލިބާނުންނާ ޑީލްހަދާނެ: ބައިޑަން

ޗާއިނާއިން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ތާލިބާނުންނާ ޑީލެއް ހަދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާނުން ބޭލިއިރު ދޫވެފައި ހުރި އަސްކަރީ ހާޑްވެއާތަކުން ޗައިނާއިން ފައިދާ ވެސް ނަގާނެ އެވެ.

ބައިޑަން ވިދާޅުވީ އަފްޣާނަށް ލޯއަޅައި ތާލިބާނުންނާ ކޮންމެވެސް ކަހަލަ ޑީލެއް ހަދަން މަސައްކަތްކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާއާ ރަޝިއާ އާއި ޕާކިސްތާން އަދި އީރާން ހިމެނޭ ކަމަށެވެ.

ތާލިބާނުންނަށް ކޮންމެވެސް އެއްޗެއް ދީފައި އަފްޣާން ތެރެއަށް އެ ގައުމުތަކުން ވަދެގަންނާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. ބައިޑަން ވިދާޅުވީ އެ ގައުމުތަކުން މިހާރު ވިސްނަމުން ގެންދާނީ އަފްޣާންގައި ކުރާނެ ކަމަކާ މެދު އެވެ.

ދުނިޔޭގެ އެއްވެސް ގައުމަކުން އަފްޣާނަށް އެހީ ވެދޭނެ ކަމަށް ބުނުމުގެ ކުރިން ޗައިނާއާ ރަޝިއާއިން އޮތީ އެކަމަށް އެއްބަސްވެފަ އެވެ. އަފްޣާންގައި އިންވެސްޓް ކުރާނެ ކަމަށާއި ވަޒީފާ އުފައްދާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

އަފްޣާންގައި އިންވެސްޓްުކުރާނެ ބަޔަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ތާލިބާނުން ބުނީ އެންމެ ބޮޑު އިސްކަމެއް ދޭނީ ޗައިނާއަށް ކަމަށާއި ތާލިބާނުންގެ ސަރުކާރު ބަލައިގަންނަ ކޮންމެ ބަޔަކަށް ވެސް އަފްޣާންގައި ފުރުސަތު އޮންނަނެ ކަމަށެވެ.

ތުރުކީން ބުނާ ގޮތުން ތާލިބާނުންގެ ބަހުގައި ތެދުވެރިކަމެއް ހުންނަން ޖެހެ އެވެ. އަމަލާ ބަހާ ދިވާމާ ނަމަ އަފްޣާނަށް އެހިތެރިވާނެ ކަމަށް ތުރުކީން އޮތީ ބުނެފަ އެވެ.

ގަތަރުން ވެސް އޮތީ އަފްޣާނަށް އެހީވާ ގޮތަށެވެ އަދި ތާލިބާނުންނާ ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވެސް ގަތުރުން ބުނެ އެވެ.

ޖަރުމަނުން ވެސް ބުނީ ތާލިބާނުންނާ ވާހަކަ ދައްކަން ޖެހޭ ކަމާށާއި އަފްޣާންގައި މިހާރު ވެރިކަން ކުރަނީ އެ ޖަމާއަތުން ކަމަށެވެ.