އެމްއެމްޕީއާރްސީ

އައިއެމްޓީއެމް ފެއާ އަންނަ މަހު

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ހާއްސަކޮށް އަހަރަކު އެއްފަހަރު ބާއްވާ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) ފެއާ އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

މި ފެއާ ބާއްވަން ކުރިން އޮތީ ސެޕްޓެމްބަރު މަހުގެ 21 ވަަނަ ދުވަހުން 23 ވަނަ ދުވަހުގެ ނިޔަަލަށެވެ. ނަމަވެސް ބައެއް ކަންކަން ހައްލު ކުރުމަށާއި، އިވެންޓު އިންތިޒާމް ކުރުމުގައި ބައިވެރިވާ ޕާޓުނަރުންގެ އެދުމުން އެ ތާރީހު އަންނަ މަހުގެ 26 ވަނަ ދުވަހުން 28 ވަނަ ދުވަހަށް ފަސް ކުރީ އެވެ.

މި ފަހަރުގެ ފެއާ ބާއްވާނީ ވާޗުއަލް ކޮށެވެ. ވާޗުއަލްކޮށް އޮންނާނީ އައިއެމްޓީއެމް "އެއާ" ޕްލެޓްފޯމުގަ އެވެ.

ބޭރުގެ ވިޔަފާރިތަކާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަން ކުރިއަށް ގެންދާ މި ފެއާގައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ޓުއާއޮޕަރޭޓަރުންނާއި، ޓްރެވަލްއެޖެންސީތަކާއި، ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ވިޔަފާރި ތަކަށް ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތަކާ ގުޅިގެން ހުރި ފުރުސަތުތައް ހޯދައިދޭނެ އެވެ.