މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ކުޑަކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަނީ

އަށާރަ އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް އިން ބުނީ 18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަމުން އަންނައިރު މި މައްސަލައިގައި ދެން ވެސް ޝާމިލް ވަނީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށެވެ.

މި ދެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

އެ މަސައްކަތް ކުރަމުން އަންނަނީ ފުލުހުންނާ ގުޅިގެން ކަމަށް ވެސް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ކުދިންގެ އާއިލާއަށް ލިބެންޖެހޭ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ.