މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

މިދިޔަ މަހު އެންމެ ގެނައީ ކުޑަކުދިންނަށް އަނިޔާކުރި މައްސަލަ

ޖެންޑާ މިނިސްޓްރީއަށް ނިމިގެން ދިޔަ މާޗް މަހު ރިޕޯޓްކުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ މާޗް މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މާޗް މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ 206 މައްސަލަ އެވެ. މީގެތެރެއިން 98 މައްސަލަ އަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.
ށް
އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ 29 މައްސަލަ ފާހަގަކޮށްފައިވަނީ އިހުމާލުގެ މައްސަލައިގެ ގޮތުގަ އެވެ.

މާޗް މަހު ހުށަހެޅުނު އިތުރު މައްސަލަތަކުގެ ތެރޭގައި ޖިސްމާނީ ހާނިއްކައިގެ 28 މައްސަލަ އާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުމުގެ 14 މައްސަލަ އާއި، ޖިންސީ ހާނިއްކައިގެ 13 މައްސަލަ އާއި، ގެވެނި އަނިޔާގެ ނުވަ މައްސަލައާއި، އެހެން ބައެއްގެ ފަރާތުން ގަނާކުރުމާއި ގޯނާކުރުމުގެ ޝިކާރައަކަށްވުމުގެ ތިން މައްސަލަ އާއި ބްލެކްމެއި ކުރުމާ ގުޅޭ މައްސަލައެއް ވެސް ހިމެނެ އެވެ.

ކުޑަކުދިންނާ ގުޅޭ އާއިލީ މައްސަލަތަކުގެ 18 މައްސަލަ ވެސް މާޗް މަހު ހުށަހަޅާފައިވެ އެވެ.

މާޗް މަހު ދައުލަތުގެ ބެލުމުގެ ދަށަށް ތިން ކުދިން ގެނެސްފައިވާއިރު މާޗް މަސް ނިމުނުިއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމުލަ 186 ކުދިން ތިއްބެވެ.