މީޑިއާނެޓް

ރޮނާލްޑޯ މެންޔޫގައި ފުރަތަމަ މެޗު މިރޭ

މީގެ 12 އަހަރު ކުރިން ރިކޯޑު އަގެއްގައި މެންޗެސްްޓާ ޔުނައިޓެޑުން ރެއާަލް މެޑްރިޑަށް ބަދަލުވުމަށް ފަހު އަލުން މެނޗެސްޓާ ޔުނައިޓެޑްގެ ޖާޒީ ނަމްބަރު 7 ގައި ނިއުކާސަލް އާއި ދެކޮޅަށް ކުޅޭ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފެނިގެން ދަނެ ކަމަށް އެ ކްލަބުން ފެހި ސިގްނަލް ދީފި އެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ރާއްޖެ ގަޑިން ރޭގަނޑު 7:00 ޖަހާއިރު އެވެ.

ރޮނާލްޑޯ އަނބުރާ މެންޔޫއަށް ދިޔުން ވެގެން ދިޔައީ އެ ކްލަބް އަށާއި ސަޕޯޓަރުންގެ ޖޯޝަށް އިތުރު ދިރުމެއް ގެނުވި ކަމަކަށެވެ. އަދި ރޮނާލްޑޯ ބުނެފައި ވަނީ މެންޔޫގައި އޭނާ ހޭދަ ކުރި ވަގުތަކީ އޭނާގެ ފުޓުބޯޅަ ކާމިޔާބީގެ ފެށުން ކަމުގަ އެވެ. ރޮނާލްޑޯ މެންޔޫގައި ހޭދަ ކުރި ވަގުތުގެ ތެރޭގައި 292 މެޗު ކުޅެފައި ވެއެވެ. އަދި 118 ގޯލް ކާމިޔާބު ކޮށްފައިވާއިރު އެ ކްލަބަށް ވަނީ ގިނަ ތަށިތަކެއް ހާސިލް ކުރުމުގައި ބޮޑު ރޯލެއް އަދާ ކޮށްފަ އެވެ.

ރޮނާލްޑޯގެ ތާރިހީ މި މެޗާއި ޕްރިމިއާ ލީގުގެން އެހެން މެޗުތައްވެސް އައިސް ޓީވީ އަދި އައިސް ސްޕޯޓްސްއިން ވަގުތުން ބަލާލެވޭނެ އެވެ. އަދި މީޑިއާނެޓް މަލްޓި ސްކްރީން މެދުވެރިކޮށް ކޮންމެ ތަނަކުންވެސް މި ފޯރިގަދަ މެޗުތައް ބަލާލެވޭނެ އެވެ. އައިސް ޓީވީ އަދި އައިސް ސްޕޯޓްސް އަކީ ޕްރިމިއާ ލީގް އަދި ލަލީގާ ގެ މެޗުތައް ދެއްކުމުގެ ލައިސެނސް ލިބިފައިވާ ރާއްޖޭގެ ހަމަ އެކަނި ޗެނަލްތަކެވެ.