ދިރާގު

ސެމްސަންގް ފަތް ޖަހާލެވޭ ފޯނު ދިރާގުން ޕްރީއޯޑަރަށް

Sep 11, 2021

ސެމްސަންގް ކުންފުނީގެ ގެލެކްސީ ޒީ ފޯލްޑް3 5ޖީ ފޯނު ދިރާގުން ޕްރީއޯޑަރަށް ހުޅުވާލައިިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގުން ބުނީ ފަތްޖެހޭ ފޯނު އެ ކުންފުނީގެ ކަސްޓަމަރުންނަށް މިހާރު ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ކުންފުނީގެ ސައިޓުން ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީ-އޯޑަރު ކުރުމުން 10 ޖީބީ ހިލޭ ޑޭޓާ ހަ މަސްދުވަހުގެ މުއްދަތައް ލިބޭނެ އެވެ. މީގެ އިތުރުން ދިރާގުން މި ފޯނަށް ޕްރީ އޯޑަރު ކުރުމުން ގެލެކްސީ ބަޑްސް2 ހަދިޔާއެއްގެ ގޮތުގައި ލިބޭނެ އެވެ.

ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް3 5ޖީ ދިރާގު 5ޖީ އަދި ދިރާގު އީ-ސިމް ސަޕޯޓް ކުރާނެ އެވެ.

ގެލެކްސީ ޒީ ފޯލްޑް3 5ޖީ ފޯނަކީ ސެމްސަންގް ފަތް ޖަހާލެވޭ ފޯނުތަކުގެ ތިން ވަނަ ޖެނެރޭޝަންގެ ފޯނެކެވެ. މި ފޯނުން ކަސްޓަމަރުންނަށް މޮބައިލް ފޯނު ގެންގުޅުމުގައި މުޅިން އާ ތަޖުރިބާއެއް ކޮށްލެވޭނެ އެވެ. ބޮޑު ފޯނު ސްކްރީނަކުން ފެށިގެން ފަތް ޖަހާލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ތަފާތު އަދި މި ފޯނު މެދުވެރިކޮށް ކަސްޓަމަރުންނަށް މަސައްކަތް ކުރުމާއި މުނިފޫހިފިލުވުމުގެ ކަންކަން ކުރުމުގެ ތަފާތު ތަޖުރިބާއެއް ކުރެވޭނެ އެވެ.

މީގެ އިތުރުން މި ފޯނަކީ ދުނިޔޭގެ ފުރަތަމަ އަންޑަ ޑިސްޕްލޭ ކެމެރާއެއް ހިމެނޭ ފަތްޖަހާލެވޭ ފޯނެވެ. ފޯނުގައި 7.6 އިންޗް "އިންފިނިޓީ ފްލެކްސް" ޑިސްޕްލޭއެއްގެ އިތުރުން ގެލެކްސީ ފޯލްޑް 3 5ޖީގައި އެސްޕެން ވެސް ސަޕޯޓް ކުރާނެ އެވެ.