ވިޔަފާރި

ދިރާގުން ސެމްސަންގް ފަހުގެ ފޯނު ޕްރީ އޯޑަރަށް

Jan 22, 2021
1

ރާއްޖޭގެ އެންމެ ބޮޑު އެއް މޮބައިލް ނެޓްވޯކް ކަމަށްވާ ދިރާގުން ސެމްސަންގް ފަހުގެ ފޯނު ޕްރީ-އޯޑަރަށް ހުޅުވާލައިފި އެވެ.

ދިރާގުން ބުނި ގޮތުގައި މިހާރު ޕްރީއޯޑަރަށް ހުޅުވާލާފައިވާ ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ ފޯނަށް އެ ކުންފުނިން ހަ މަސް ދުވަސް ވަންދެން 10 ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ސެމްސަންގްގައި ހިމެނޭ ބައެއް އާލާތްތައް ވެސް ހިލޭ ދެ އެވެ. މީގެ އިތުރުން ހާއްސަ އޮފާއެއްގެ އިތުރުން އީ-ސިމް އަޕްގްރޭޑް މުޅިން ހިލޭ ލިބޭނެ އެވެ.

ސެމްސަންގްގެ ފަހުގެ ފޯނަކީ މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައިވާ ފޯނެކެވެ. ފައިވް 5ޖީ ލިބޭ މި ފޯނުގައި ހިމެނޭ ބައެއް ހާއްސަ ފީޗާތަކުގެ ތެރޭގައި ކޮލެޓީކޮށް ފޮޓޯ އަދި ވީޑިއޯ ނެގުމުގެ އިތުރުން ފޯނުގެ ފާސްޓްކަން ވެސް ހިމެނެ އެވެ.