ރާއްޖެއިން އިތުރު 106 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ ރާއްޖޭގެ ކޮވިޑް ނަންބަރު 100 އިން މަތީ ހުންނަތާ 20 ވަނަ ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 82،578 އަށް އަރާފަ އެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 34 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 60 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 11 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 5،589 ސާމްޕަލް އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،170 މީހުންނެވެ. މިހާތަނަށް 80،374 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 18 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
އަދާ ހަމައަށް 227 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ ހޯމަ އެވެ. އެއީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިދިޔަ 20 ދުވަހުގެ ކޮވިޑް ނަންބަރު
- އޮގަސްޓް 23 - 108 މީހުން
- އޮގަސްޓް 24 - 151 މީހުން
- އޮގަސްޓް 25 - 110 މީހުން
- އޮގަސްޓް 26 - 108 މީހުން
- އޮގަސްޓް 27 - 103 މީހުން
- އޮގަސްޓް 28 - 139 މީހުން
- އޮގަސްޓް 29 - 113 މީހުން
- އޮގަސްޓް 30 - 169 މީހުން
- އޮގަސްޓް 31 - 152 މީހުން
- ސެޕްޓެންބަރު 1 - 189 މީހުން
- ސެޕްޓެންބަރު 2 - 173 މީހުން
- ސެޕްޓެންބަރު 3 - 179 މީހުން
- ސެޕްޓެންބަރު 4 - 157 މީހުން
- ސެޕްޓެންބަރު 5 - 169 މީހުން
- ސެޕްޓެންބަރު 6 - 120 މީހުން
- ސެޕްޓެންބަރު 7 - 165 މީހުން
- ސެޕްޓެންބަރު 8 - 100 މީހުން
- ސެޕްޓެންބަރު 9 - 111 މީހުން
- ސެޕްޓެންބަރު 10 - 103 މީހުން
ރާއްޖޭގައި ކޮވިޑްގެ ހާލަތު މަޑުމަޑުން ދަނީ ގޯސްވަމުންނެވެ. މިދިޔަ 20 ދުވަހު ކޮވިޑް ނަންބަރު 100 އިން ދަށްވެފައެއް ނުވެއެވެ. އަދި މި މަހުގެ ފުރަތަމަ ހަތް ދުވަހު ނަންބަރު ހުރީ 150 އިން މަތީގައެވެ. އެ ނަންބަރު ދަށްވީ ހަ ވަނަ ދުވަހު އެކަންޏެވެ.
މިިދިޔަ 20 ދުވަސްތެރޭ އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައިވަނީ ސެޕްޓެންބަރު ފުރަތަމަ ދުވަހު އެވެ. އެ ދުވަހު 189 މީހަކަށް ވަނީ ބަލިޖެހިފައެވެ. އަދި މި މަހުގެ ތިންވަނަ ދުވަހު 179 މީހަކަށް ބަލިޖެހިފައިވެއެވެ.