ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓުން ކަރަންޓު ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑިއްޖެ އެވެ.

ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކަރަންޓު ދިޔައީ މިއަދު ހެނދުނު ކަމަށާއި އަދި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ކަރަންޓު ނެތް ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޮފިޝަލު އިތުރަށް ވިދާޅުވި ގޮތުގައި އެމްއޭސީއެލްގެ ކާގޯ ސަރަހައްދާއި އޮފީސް ސަރަހައްދަށް މިހާރު ކަރަންޓު ލިބިފައިވާ ކަމަށެވެ.

"މިހާރު ދަނީ ފަހަރަަކު ސަރަހައްދަަކަށް ކަރަންޓު ދިނުމަށް މަސަައްކަތް ކުރަމުން" އޮފިޝަލު ވިދާޅުވި އެވެ.

އެއާޕޯޓުން ކަރަންޓު ކެނޑުނު އިރު ރޭ ދަންވަރު މާލެއިން ވެސް ކަރަންޓު ކެނޑުނެވެ.