މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުން އަނިޔާކުރި މައްސަލަ ތަހުގީގުުކުރަން އަންގަނީ

ފުލުހުން މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި އެކަމުގައި ޝާމިލުވާ ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން ފުލުހުންގެ މުއައްސަސާއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ކޮމިޓީން އެގޮތަށް ނިންމީ ލ. ކަލައިދޫ / ސްވީޓްހާޓް، އަހްމަދު ސިރާޖު ގެއަކުން ވައްކަންކުރި ކަމަށް ބުނެ ހައްޔަރުކޮށް ބަންދުގައި ހުރިއިރު އޭނާ އަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޓީއަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް ފަހު އެވެ.

ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނީ ސިރާޖަށް އަނިޔާކުރި މައްސަލަ ފުލުހުން ވެސް ތަހުގީގުކުރި ކަަމަށާއި އެ ތަހުގީގުންވެސް ސިރާޖަށް ލިބިފައިވާ އަނިޔާތަކަކީ ލ. އިސްދޫ ޕޮލިސް ސްޓޭޝަންގައި ހުއްޓާ ލިބިފައިވާ އަނިޔާތަކެއްކަން ފާހަގަކުރެވިފައިވާ ކަަމަށެވެ.

ހަމައެހެންމެ އަނިޔާ ކުރިކަަމަށް ތުހުމަތު ކުރެވޭ ތިން ފުލުހަކު އަށް މަސް ވަންދެން ކައިރިން ސުޕަވައިޒް ކުރުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ނިންމާފައިވާ ކަމަށްވެސް ކޮމިޓީގެ ރިޕޯޓްގައިވެ އެވެ. އަދި ދެ ފުލުހެއްގެ ގާބިލްކަން އިތުރުވާ ފަދަ ހާއްސަ ކައުންސިލިންއެއް ދިނުމަށް ފުލުހުންގެ ކޮމާންޑުން ނިންމިކަން އެނގެން އޮތް ކަަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެހެންނަމަވެސް އެފަދަ ކުށަކަށް އިދާރީ ފިޔަވަޅެއް އަޅައި ނިންމާލުން ނުފެދޭ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަން ފުލުހުންނަށް އަންގަން ކޮމިޓީން ފާސްކޮށްފައިވެެ އެވެ.