އެމްއެންޑީއެފް

ބައެއް ސިފައިން ރިޓަޔާކުރަން މަޖުބޫރުކުރާ މައްސަލައެއް ބަލަނީ

އެމްއެންޑީއެފްގެ ބައެއް އޮފިސަރުން ރިޓަޔާކުރުމަށް މަޖުބޫރުކުރަމުންދާ ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ.

ބައެއް ފުލުހުންނަށް ލިބެންޖެހޭ ޕްރޮމޯޝަން ނުދީ ހިފަހައްޓާފައިވާ ކަމަށް ބުނާ މައްސަލައެއްވެސް އެމްޑީޕީގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވަނީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހުށަހަޅުއްވާފަ އެވެ.

މިމައްސަލަތައް ކޮމިޓީއަށް ހުށަހެޅިފައިވީ ނަމަވެސް މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތް އަދި ކޮމިޓީން ފަށާފައެއް ނުވެ އެވެ.