އިންތިގާލީ އިންސާފު

ޝުމްބާ ހައްޔަރުކުރި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް

Sep 13, 2021
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފު (ޝުމްބާ ގޮންގޮ)
0%
0%
0%

"ޝުމްބާ ގޮންގް" ގެ ވަނަމުން ސޯޝަލް މީޑިއާގައި މަޝްހޫރު އަހުމަދު އަޝްރަފް ލަންކާގައި ހުއްޓާ ހައްޔަރުކޮށް ރާއްޖެ ގެނައި މައްސަލަ ބަލައިދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ލޯންޗުގައި ބޮން ގޮއްވުމާ ގުޅިގެން ފެށި ތަހުގީގުގައި ސްރީލަންކާއިން ހައްޔަރު ކުރި އަހުމަދު އަޝްރަފް ހައްޔަރުކުރީ ބައިނަލްއަގްވާމީ އުސޫލުތަކާއި ހިލާފަށެވެ. އަދި އެ ފަހަރު އެ މައްސަލާގައި އަމަލުކޮށްފައިވަނީ ދިވެހި ފުލުހުންގެ ގާނޫނާއިވެސް ހިލާފަށެވެ.

މި މައްސަލަ އޭނާގެ ފަރާތުން އިންތިގާލީ އޮފީހަށް ހުށައެޅީ ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް މުހުތާޒު މުހުސިންނެވެ.

މި މައްސަލައިގައި ޝުމްބާ އެދިފައިވަނީ އޭނާގެ އިންސާނީ ހައްގުތަކާއި ކަރާމަތަށް އަރައިގަނެފައިވާތީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އޭނާއަށް އަނިޔާ ކުރި މީހުނންާއި އެކަމުގައި ބައިވެރިވެފައިވާ ކަަމަށް ފާހަގަވެފައިވާ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ދައުވާކޮށް ދިނުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345