އޮމްބަޑްސްޕާސްންސްގެ އޮފީސް

ހަފުތާއެއްތެރޭ އިންތިގާލީ އޮފީހަށް ނުވަ މައްސަލަ

އޮމްބަޑްސްޕާސަންގެ އޮފީހުގެ އިސްވެރިން: މައްސަލަ ހުށަހަޅަން ހުޅުވާލުމުން ހަފުތާތެރޭގައި ނުވަ މައްސަލައެއް ހުށަހަޅާފައިވޭ
0%
0%
0%

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަޅަން ހުުޅުވާލިތާ ހަފުތާއެއްގެ ތެރޭގައި ނުވަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެެވެ.

މިދިޔަ އަހަރު ޑިސެމްބަރުގައި އުފެއްދި މި އޮފީހުގެ މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމެވެ.

އިންތިގާލީ އޮފީހުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މައްސަލަ ހުށަހަޅަން ހުޅުވައިލުމުން މިހާތަނަށް ނުވަަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ހުށަހެޅި އެއްވެސް މައްސަލައެއްގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މައްސަލަ ހުށަޅަން ފުރުސަތު ދީފައި ވަނީ އަންނަ އޯގަސްޓްމަހުގެ 13 ވަނަ ދުވަހާ ހަމައަށެވެ.

އަވަސް އިން ސުވާލެއް ކުރުމުން ޗީފް އޮމްޕަޑްސްޕާސަން އަބްދުއް ސަލާމް އާރިފް މިއަދު ވިދާޅުވީ އިންސާފު ހޯދަން އެ އޮފީހަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަތައް ބަލައި ކުރިޔަށް ގެންދިއުމާމެދު 15 ދުވަސް ތެރޭ ގޮތެއް ނިންމާނެ ކަމަށެވެ.

"ދެން އަޅުގަނޑުމެން ބަލާނެ ހުށަހެޅި ޑޮކިއުމަންޓްތައް ވެރިފައި ކުރުމުގެ މަސައްކަތް. ދެން ނިންމާނީ އެއީ ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ" ސަލާމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ވަރަށް ޒަމާންވެފައިވާ މައްސަލަތައްވެސް އެ އޮފީހުން ބަލާނެ އިރު އެފަދަ މައްސަލަތަކުގައި ތާރީހީ ލިޔުންތަކާއި އަދި ސަރުކާރުގައި ރައްކާކޮށްފައި ހުރި މުހިންމު ލިޔެކިޔުން ތަކަށް ވެސް ރިއާޔަތް ކުރާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭގައި ފިޔަވަޅުތަކެއް އަޅައި ކާފިއު ހިންގާފައި އޮތުމުން އިންތިގާލީ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނަނީ އޮންލައިންކޮށެވެ.

އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އިންތިގާލީ އިންސާފުގެ އޮފީހެއް އުފެއްދުމަކީ އެމްޑީޕީގެ ވައުދެކެވެ. ނަމަވެސް މައްސަލަތަކަށް އިންސާފު ހޯދަން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކުންނާއި އެކިއެކި ކޮމިޓީތަކުގެ މަސައްކަތުން އިންސާފު ނުލިބޭތީ އާންމުންގެ ފާޑުކިޔުން އޮވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345