އޮމްބަޑްސްޕާސްންސްގެ އޮފީސް

އިންތިގާލީ އިންސާފަށް 400 އަށްވުރެ ގިނަ މައްސަލަ

Oct 18, 2021
3
އިންތިގާލީ އިންސާފުގެ އޮފީހުގެ އިސް ވެރިން
0%
0%
0%

އިންތިގާލީ އިންސާފުގެ އޮފީހުން 400 އަށްވުރެ ގިނަ މައްސަލަ ބަލަން ނިންމައިފި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ފުރުސަތު ހުޅުވައިލާފަ އެވެ. އެ ފުރުސަތުގައި ޖުމްލަ 487 މައްސަލަ ހުށަހެޅި ކަމަށް އެ އޮފީހުން ބުންޏެވެ. ނަމަވެސް ބަލަން ނިންމާފައި ވަނީ 449 މައްސަލަ އެވެ.

އިންސާފު ހޯދަން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން ބޯހިޔާވަހިކަމުގެ 172 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަސައްކަތް ކުރުމުގެ ހައްގާ ގުޅޭ މައްސަލަތަކެވެެ. އޭގެ 156 މައްސަލައެއް އެ އޮފީހަށް ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީއަތްކުރުމާ ގުޅޭ 26 މައްސަލަ އާއި، ލާއިންސާނީ އަދަބު ނުދިނުމާ ގުޅޭ 24 މައްސަލަ ހިމެނެ އެވެ.

އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 26 މައްސަލައެއް ނުބެލޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އޭގެތެރެއިން ފަސް މައްސަލައެއް ނުބަލަން ނިންމާފައި ވަނީ ޝަރުއީ މަރުހަލާ ކުރިއަށްދާތީ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބެލުމެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ށަލޮ

ތިޔަ ބޭކާރު އޮފީހެކޭ. ކޮބައިހޭ ރައްޔިތުން ފައިސާ އިސްރާފް ކުރުމުގެ ބޭނުމަކީ

އޮޅާލާއޮޅާލާ

އިންތިގާލީ އިންސާފަށް 400 އަށްވުރެ ގިނަ މައްސަލައޭ އެހެންތޭ ތަމެން ތިޔާއީ ބޭނުން އޮފީހެއް ނޫނޭ މިސަރުކާރުން ދެން ދައުލަތުގެ ރިކަރަންޓް ޚަރަދު ބޮޑު ކުރަން ކުރާ ކަމެކޭ ގާނޫނުން ތިޔާ ކަން މަތިކޮށްފައި އޮންނަނީ ފުލުހުންގެ އިދާރާ އާއިއޭ ފުލުހުންނަށޭ ތިޔާ ކަން ކުރަން ޖެހޭނީ ފުލުހުންގެ ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ކުރަންވީ އެކަމޭ ކޮން އިންތިގާލީ އިންސާފުގެ އޮފީހެއްތޭ އިންތިގާލީ އިންސާފުގެ އޮފީސް އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ...

ލލ

400 މައްސަލަޔަށް 400 މިލިޔަން ރުފިޔާ ހަރަދުކޮށްލީމާ އަންބޮޑި ޕާސަން އޮފީހަށް ތިއޮތީ ހައްސަ ބޭނިފަތާ ؟ ޤަރުނުގެ ބޮޑު އެވޯޑައި ޝަރަފުގެ އިނާމުވެސް ދޭންވާނެ 2023 ގައި !

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345