ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 128 މީހަކު ކޮވިޑަށް ޕޮޒިޓިވް

ރާއްޖެއިން އިތުރު 128 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ ރާއްޖޭގެ ކޮވިޑް ނަންބަރު 100 އިން މަތީ ހުންނަތާ 22 ވަނަ ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 82،950 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 45 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 69 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 14 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 5،317 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،936 މީހުންނެވެ. މިހާތަނަށް 80،774 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 19 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަދާ ހަމައަށް 227 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ ހޯމަ އެވެ. އެއީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މަޑުމަޑުން ދަނީ ގޯސްވަމުންނެވެ. މިދިޔަ 21 ދުވަހު ކޮވިޑް ނަންބަރު 100 އިން ދަށްވެފައެއް ނުވެއެވެ. އަދި މި މަހުގެ ފުރަތަމަ ހަތް ދުވަހު ނަންބަރު ހުރީ 150 އިން މަތީގައެވެ. އެ ނަންބަރު ދަށްވީ ހަ ވަނަ ދުވަހު އެކަންޏެވެ.

މިިދިޔަ 21 ދުވަސްތެރޭ އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައިވަނީ ސެޕްޓެންބަރު ފުރަތަމަ ދުވަހު އެވެ. އެ ދުވަހު 189 މީހަކަށް ވަނީ ބަލިޖެހިފައެވެ. އަދި މި މަހުގެ ތިންވަނަ ދުވަހު 179 މީހަކަށް ބަލިޖެހިފައިވެއެވެ.