ރައީސް އޮފީސް

ތިން ގައުމެއްގެ ސަފީރުން ފަތްކޮޅު އަރުވައިފި

Sep 14, 2021

ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން ސަފީރު ކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުއްވައިފި އެވެ.

ފަތްކޮޅު އަރުއްވާފައި ވަނީ މޮރިޝަސް އާއި ހަންގޭރީ އަދި އާޖެންޓީނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުންނެވެ.

ސަފީރުކަމުގެ ފަތް ކޮޅު އެރުއްވީ މޮރިޝަސްގެ އާ ނޮން ރެޒިޑެންޓް ސަފީރު ސާންތީ ބާއީ ހަނޫމާންޖީ އާއި ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަންޑުރޭޒް ލެސްޒްލޯ ކިރަލީ އެވެ. އަދި އާޖެންޓީނާއިން ޑރ. އޫގޯ ހާވިއެރް ގޯބީ އެވެ.

މި ރަސްމިއްޔާތުގައި ސަފީރުން ވަނީ އެ ބޭފުޅުންގެ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.