ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މެންޓަލް ހެލްތުގެ ސްކޯލަޝިޕްތަކެއް

މެންޓަލް ހެލްތު ދާއިރާއިން މީހުން ބިނާ ކުރަން ސްކޮލާޝިޕްތަކެއް އިއުލާނު ކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލާޝިޕްތަކަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުން ދޭނެ ކަމަށެވެ. ހުޅުވާލާފައި ވަނީ 46 ފުރުސަތެކެވެ.

މި ސްކޮލާޝިޕްތައް ފުރިހަމަ ކުރާ ދަރިވަރު ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ހިދުމަތް ކުރަން ޖެހެއެވެ. އަދި ސްކޮލާޝިޕެއް ފުރިހަމަކުރާ ދަރިވަރަކު ނަގާ މުއައްސަސާއިން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތަކަށް ހިދުމަތް ކުރަން ބޮންޑް ކުރާނެ އެވެ.

ސްކޮލާޝިޕް ތަކުގެ ކޯސްތައް

  • މާސްޓާސް އިން އެޑިކްޝަން ސްޓަޑީޒް / އެޑިކްޝަން މެނޭޖްމަންޓް
  • މާސްޓާސް އިން ނާސިން (ސައިކިއެޓްރިކް ނާސިން / މެންޓަލް ހެލްތް ނާސިން)
  • މާސްޓާސް އިން ކްލިނިކަލް ސައިކޮލޮޖީ
  • މާސްޓާސް އިން ކައުންސެލިން / ސައިކޮތެރަޕީ
  • މާސްޓާސް އިން ސައިކިއޭޓްރީ
  • މާސްޓާސް އިން ލާރނިން ޑިސްއެބިލިޓީސް

ސްކޮލާޝިޕަށް އެދި ހުށަހަޅާ މީހާއަކީ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލު ކޮށްފައިވާ އަދި ގައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމްއެންކިޔުއެފް) ގައިވާ މާސްޓާސް ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވާ މީހަކަށް ވާނެ ޖެހެ އެވެ.