ޕީސީބީ

ސަރުކާރު ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ދެއްކީ 284.8 މިލިއަން

Sep 15, 2021

ސަރުކާރުގެ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ސަރުކާރަށް ދެއްކި އަދަދު 284.8 މިލިއަން ރުފިޔާއަަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރުނު ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ސަރުކާރުގެ ކުންފުނި ތަކުން މިހާތަނަށް ޑިވިޑެންޑުގެ ގޮތުގައި 284.8 މިލިއަން ރުފިޔާ ލިބުނުއިރު މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ޑިވިޑެންޑުގެ ގޮތުގައި އާމްދަނީއަށް ލިބުނު 213.1 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު މަދު އަދަދެކެވެ.

މި އަހަރުގެ ބަޖެޓުގައިވާ ގޮތުގައި މި އަހަރު ސަރުކާރުގެ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި އާމްދަނީއަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 756.2 މިލިއަން ރުފިޔާ އެވެ.

ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި އޮންނައިރު ގިނަ ކުންފުނިތަކަކީ އެއްވެސް އާމްދަނީއެއް ނުލިބޭ އަދި ދައުލަތުގެ ބަޖެޓަށް ބަރޯސާވެފައިވާ ކުންފުނި ތަކެކެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ޑިވިޑެންޑެއް ދައްކަނީ އެމްއޭސީއެލްގެ އިތުރުން ބީއެމްއެލް އާއި އެސްޓީއޯ އެވެ.

ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ކުރާ ހަރަދު މަދުކޮށް ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކުރަން ނިންމާފަ އެވެ.