މިސްކިތް

ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އަޅަން ހަވާލުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އަޅަން އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.

އެ މިސްކިތް އަޅަން ހަވާލުކުރީ 4.3 މިލިއަން ރުފިޔާއަށް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މިއީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ހަދަން ހަވާލުކުރީ 80 ދުވަސް ތެރޭގައި ނިންމާ ގޮތަށެެވެ.

ދެވަނަ ފިޔަވަހީގައި އަދި މިހާތަނަށް އެއްވެސް މިސްކިތެއް ހުޅުވާފައި ނުވާއިރު އެތަނުގައި ވަގުތީ މިސްކިތެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކުރީ މިދިޔަ ފެބްރުއަރީގެ ތެރޭގަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގައި މިހާރު ވަނީ މީހުން ދިރިއުޅެން ފަށާފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓުގެ ތެރެއިން 6،720 ފްލެޓަށް މި އަހަރު މީހުން ވަންނާނެ އެވެ. އޭރުން ދެވަނަަ ފިޔަވަހީގައި ބޮޑު އާބާދީއެއް ދިރިއުޅޭނެ އެވެ. އެންމެން އާބާދުވުމުގެ ކުރިން ދެވަނަ ފިޔަވަހީގައި އެކި ހިދުމަތް ދޭނެ ތަންތަން ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީއާ ކަމާ ގުޅޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.