މިސްކިތް

ހުޅުމާލޭގައި އިތުރު ވަގުތީ މިސްކިތެއް ހުޅުވައިފި

Apr 1, 2022
1

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ މަސްޖިދުލް އުސްމާން ބިން އައްފާން މިއަދު ހުޅުވައިފި އެވެ.

މިރޭ ހުޅުވި މި މިސްކިތުގައި އެއް ފަހަރާ 600 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. މި މިސްކިތުގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ވެއެވެ.

މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ދެ ވަނަ ވަގުތީ މިސްކިތެވެ. މި މިސްކިތް އިމާރާތްކޮށްފައި ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއި ހަވާލު ކޮށްގެންނެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކޮށްފައިވާ މި މިސްކިތަށް 3.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި މިސްކިތް އިމާރާތް ކުރުމަށް އެއްބަސްވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ދެ ވަނަ ދުވަހު އެވެ.