އިސްލާމިކް މިނިސްޓްރީ

އިސްލާމީ މަރުކަޒެއްގެ ޑިޒައިނެއް ހުށަހެޅުމުން ފައިސާގެ ބޮޑު އިނާމެއް

May 19, 2022
1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށް ނިންމާ، އެ އިމާރާތުގެ ޑިޒައިން ކުރުމަށް ފައިސާގެ ބޮޑު އިނާމަކާ އެކު މުބާރާތެއް ހުޅުވާލައިފި އެވެ.

އިސްލާމީ މަރުކަޒުގެ ޑިޒައިންގެ ގޮތުގައި އެންމެ މޮޅު ޑިޒައިން ހުށަހަޅާ ފަރާތަށް ހަތްލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.

ދެވަނަ އަށް ހޮވޭ ފަރާތަށް ދެލައްކަ އަދި ތިންވަނައަށް ހޮވޭ ފަރާތަށް އެއްލައްކަ ރުފިޔާ ދިނުމަށްވެސް ނިންމާފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ތަފާތު މޮޅު ހިޔާލުތަކަށް ފުރުސަތު ދީގެން ޒަމާނީ ފެންވަރުގެ އިސްލާމީ މަރުކަޒެއް ދެވަނަ ފިޔަވަހީގައި ބިނާކުރުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

މުބާރާތަށް ހުށަހަޅާ ޑިޒައިން ވާން ޖެހޭނީ އެއްވެސް ތަނަކުން ފެނިފައި ނުވާ އަދި ޑިޒައިނަރުގެ އަމިއްލަ މަސައްކަތަކަށް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

އިސްލާމީ މަރުކަޒު ޑިޒައިން ކުރާއިރު އެތަނުގައި ނަމާދުކުރެވޭނެ ތަނަކާއި އޮފީސް ބަޔަކާއި، މަލްޓީޕާޕަސް ހޯލާއި، ލައިބްރަރީއާއި، ސެމިނާ ރޫމާއި، ސްޓާފް ކެންޓީނާއި، ކްލާސްރޫމްތަކާއި، ކޮމާޝަލް އޭރިއާއަކާއި، ޕާކިން އޭރިއާ އާއި، ރެކްރިއޭޝަނަލް އޭރިއޭއެއް ވެސް ހިމަނަންޖެހެ އެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.