އެލައިޑް އިންޝުއަރެންސް

އެލައިޑުން މާދަމާ ރޭ އަނެއްކާ ކްލަބް ހައުސް އަށް

Sep 15, 2021

ފައިސާ ރައްކާކޮށް "ސޭވް" ކުރުމުގެ މުހިއްމުކަން ކިޔައިދޭން އެލައިޑުން މާދަމާ ރޭ ހާއްސަ ސެޝަލެއް ކްލަބް ހައުސްގައި ބާއްވަން ތައްޔާރު ވެއްޖެ އެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ "ރައްކާވެތިބިއްޔާ" ސިލްސިލާގެ ތެރެއިން ދެވަނަ އެޕިސޯޑު މާދަމާ ރޭ 9:30 ގައި ކްލަބް ހައުސްގައި އޮންނާނެ ކަމަށެވެ.

"އިމްޕޯޓަންސް އޮފް ސޭވިން"ގެ ނަމުގައި ކުރިއަށް ގެންދާ މި ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އާއްމުންނަށް ވަނީ ހުޅުވާލާފަ އެވެ.

އެލައިޑުން އެންމެ ފަހުން ބޭއްވި ކްލަބް ހައުސް އިވެންޓުގައި މައުލޫމާތު ދީފައިވަނީ އަލިފާނުން ރައްކާތެރިވުމަށް ހާއްސަކޮށްފައިވާ ޕްލޭންތަކާ ބެހޭ ގޮތުންނެވެ.

ކްލަބް ހައުސް ސެޝަންތަކާއި ގުޅިގެން އެލައިޑުން ބުނީ މިއީ އާންމުންގެ ތެރޭ އިންޝުއަރެންސް ހައްލުތަކާއި ބެހޭ މައުލޫމާތު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.

އެލައިޑްގެ އަމާޒަކީ ކްލަބްހައުސްގެ ޒަރިއްޔާއިން ވީހާވެސް ގިނަ ފަރާތްތަކަށް އިންޝުއަރެންސްގެ ސައްހަ މައުލޫމާތު ފޯރުކޮށްދީ ޒަމާނީ އަދި އީޖާދީ މަސައްކަތްތައް އެލައިޑުން ކުރުމުގައި އާންމުންގެ ހިޔާލު ހޯދާ މިފަދަ މަސައްކަތްތަކުގައި އާންމުންގެ ހިޔާލު އެކުލަވާލުން ކަމަށް އެލައިޑުން ބުނެ އެވެ.