ލައިފް އިންޝުއަރަންސް އަށް ހާއްސަ މައުލޫމާތު ސެޝަނެއް ކުރިޔަށްގެންދިޔުމަށް އެލައިޑް އިންޝުއަރަންސާއި ކްލިކް ކޮލެޖް ގުޅިގެން ތައްޔާރުވެއްޖެ އެވެ.
މުޅިން ހިލޭ ބައިވެރިވެވޭ މިސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގެ ރޭ 8:00 އިން 10:00 އަށެވެ.
މިސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އެއްވެސް ޝަރުތަކާއި ނުލާ ހުޅުވާލާފައިވާއިރު، ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކުން ކްލިކް ކޮލެޖްގެ އިންސްޓަގްރާމް ޕޭޖްގައިވާ ލިންކް ފުރިހަމަ ކުރުމަށް އެދެ އެވެ.
މައުލޫމާތު ސެޝަން އާއި ގުޅޭގޮތުން އެލައިޑުން މައުލޫމާތު ދެމުން ފާހަގަކުރި ގޮތުގައި ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ލައިފް އިންޝުއަރަންސް އެހީތެރިކަން ހޯދުން ބުއްދިވެރިއެވެ. ސަބަބަކީ ލައިފް އިންޝުއަރަންސް ޕްލޭންސްތަކުގައި ހިމެނޭ ސޭވިންގ އަދި ޕްރޮޓެކްޝަން އެލިމެންޓު މެދުވެރިކޮށް ދިރިއުޅުމުގެ ކޮންމެ ހަރުފަތެއްވެސް ގިރާކުރުމަށް އިތުރު ބާރެއް ލިބިގެންދިޔުމެވެ. އަދި ކުރިމަތިވެދާނެ ހާލަތަކަށް އަބަދުވެސް ރައްކާތެރިވެ ތިބުމެވެ.
އެގޮތުން މައުލޫމާތު ސެޝަން ހާއްސަ ކުރާނެ ޕްލޭންތަކުގެ ތެރޭގައި އަންހެން ކަނބަލުންނަށް ޚާއްސަ ކަމަނަ ޕްލޭން އަދި ދަރިފުޅުގެ ސާނަވީ ތަޢުލީމުން ފެށިގެން މަތީ ތަޢުލީމު ޙާސިލްކުރުމަށް އަހީތެރިވެދޭ ސެކަންޑްރީ ސްކޫލް އެކްސްޕެންސަސް ހިމެނެއެވެ.
މީގެ އިތުރުން ވެސް ދިރިއުޅުން ބައްޓަން ކުރުމަށް އެހީވާނެ ފަދަ ތަފާތު ޕްލޭންތަކުގެ މަޢުލޫމާތު މިސެޝަންގައި ހިއްސާ ކުރާނެއެވެ. ހަމައެއާއިއެކު، ލައިފް އިންޝުއަރަންސަށް ހާއްސަ އެކްސްޕަރޓުންގެ އެހީތެރިކަމާއި އެކު އެމީހެއްގެ ހަރަދުތަކާއި އާމްދަނީއަށް ފެތޭ ޕްލޭނެއް ކަސްޓަމައިޒް ކުރުމުގެ ފުރުސަތުވެސް ސެޝަން ތެރެއިން ހަމަޖެހިފައިވާނެ ކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ.