އެލައިޑް އިންޝުއަރެންސް

ޓީޓީއެމް ގާލާ ނައިޓުގައި ތިން ނަސީބުވެރިންނަށް އެލައިޑުގެ ތިން ޕްލޭނެއް ހަދިޔާކޮށްފި

ޓްރެވަލް ޓްރޭޑް މޯލްޑިވްސް ގާލާ އިވެންޓްގެ ތެރެއިން އެލައިޑް އިންޝުއަރަންސުން ތިން ފަރާތަކަށް ކޮމްޕްލިމެންޓަރީ އިންޝުއަރަންސް ޕްލޭންސް ހަދިޔާކޮށްފި އެވެ.

އަދާރަން ހުދުރަންފުށީގައި ނިމިގެން ދިޔަ މިއިވެންޓްގެ ތެރެއިން ނަސީބުވެރިން ހޮވާފައިވަނީ އިވެންޓަށް ދިޔަ ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތަކުންނެވެ. އެގޮތުން އެލައިޑްގެ އެންމެ ފުރިހަމަ، ޕްރިމިއަމް ވޯލްވައިޑް ޓްރެވަލް ޕްލޭން ލިބިފައިވަނީ އިބްރާހިމް ވަހީދާއި އަލީ ނާހިޒް އަށެވެ.

ހެލްތް އިންޝުއަރަންސް ޕްލޭންތަކުގެ ތެރެއިން އެންމެ މަތީ ގިންތީގެ "ސިލެކްޓް ގޯލްޑް" ލިބިފައިވަނީ މުހައްމަދު މިރުސާދު އަށެވެ. އެލައިޑް އިންޝުއަރަންސް ކުންފުނީގެ ފަރާތުން މިޕްލޭންސް ހަވާލުކޮށްދެއްވާފައިވަނީ ކުންފުނީގެ ސީއޯއޯ ޔޫލިއާނާ ރުސޭއީ އެވެ.

އެލައިޑް އިންޝުއަރަންސަކީ މިއަހަރުގެ ޓީޓީއެމްގެ އިންޝުއަރަންސް ޕާޓްނަރެވެ. އެގޮތުން އެލައިޑުން ފޯރުކޮށްދޭ އިންޝުއަރަންސް ސޮލިއުޝަންސް އާއި ބެހޭ ގިނަ ގުނަ މައުލޫމާތު ވަނީ އެގްޒިބިޓަރުންނާ ހިއްސާކޮށްފަ އެވެ.