ދިރާގު

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑުން މިހާރު އަންލިމިޓެޑް ކޯލްސް ކޮށްލެވޭނެ

Sep 15, 2021

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑަށް "އަމިއްލަ ވޮއިސް ޕްލަސް"ގެ ނަމުގައި މުޅިން އާ "ވޮއިސް" އެޑް-އޮން އެއް ތައާރަފުކޮށްފި އެވެ.

މަހަކު 175 ރުފިޔާ އަށް އެކްޓިވޭޓް ކޮށްލެވޭ މި އެޑް-އޮން އިން ދިރާގު ނަންބަރުތަކަށް ބޭނުން ވަރަކަށް މުޅިން ހިލޭ ގުޅޭނެއެވެ.

މި އަހަރު ކުރީކޮޅު ތައާރަފުކުރި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑަކީ ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށްގެން ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެ ޕްލޭން އެކެވެ. އަމިއްލަ ވޮއިސް އެޑް އޮން އަކީ މިހާރު ކަސްޓަމަރުން ނަންގަވައި ޕެކޭޖް ތަކުގައި ހިމަނާފައިވާ ހިލޭ ވޮއިސް މިނެޓްސްގެ އިތުރަށް ވޮއިސް ކޯލްސް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން ތައާރަފުކުރި އެޑް-އޮން އެކެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކުރެވޭނެއެވެ. އަދި އަމިއްލަ ޕޯސްޓްޕެއިޑްގެ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރެވޭނެއެވެ. ވެލިއު ޕްކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި ސްޓްރީމިން އެޑްއޮންސް ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނާފައެވެ.