ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ބަންދު ލިސްޓްގައި 22 ރަށެއް

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މިވަގުތު 22 ރަށެއް މޮނިޓަރިންއަށް ގެނެސް އަރާ ފޭބުން މަނާކޮށްފައިވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދުވެސް ތިން ރަށެއް މޮނިޓަރިންއަށް ގެނެސްފައިވާ ކަމަށެވެ. އެއީ ގއ. މާމެންދޫ އާއި ތ. ވޭމަންޑޫ އާއި ތ. ދިޔަމިގިއްޔެވެ. އިއްޔެ ގއ. ގެމަނަފުށިވެސް ވަނީ މޮނިޓަރިންއަށް ގެނެސްފައެވެ.

އޭގެ އިތުރުން ރ. ދުވާފަރާއި ކ. ގާފަރާއި ފުވައްމުލަކު ސިޓީ އާއި ލ. މުންޑޫ އާއި ށ. މިލަންދޫ އާއި ވ. ތިނަދޫ އާއި ހދ. ނޮޅިވަރަމް އާއި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫ ފޭދޫ އާއި ފޭދޫ އާއި ހުޅުމީދޫ އާއި ރ. ރަސްމާދޫ އާއި ގދ. ފަރެސްމާތޮޑާ އާއި ވ. ފުލިދޫ އާއި ރ. ކިނަޅޮސްގެ އިތުރުން ބ. މާޅޮހާއި ކ. ގުޅިވެސް އޮތީ މޮނިޓަރިންގައެވެ.

މިރަށްތަކުގެ ތެރެއިން ދުވާފަރަކީ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންގައިވާ ރަށެކެވެ.