މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫ އިހުތިޖާޖު: ފުލުހުން ބާރުގެ ބޭނުން ކޮށްފި

އައްޑޫ ސިޓީގައި މިއަދު ކުރި އިހުތިޖާޖުގެ ބަައިވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުން ކޮށްފި އެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގައި މިއަދު ކުރި އިހުތިޖާޖުގައި ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައި ކަމަަށެވެ. އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަަށެވެ.

ފުލުހުން މިހެން ބުނި ނަމަވެސް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނެއެވެ. އަދި އެ މީހުންނާ ދެކޮޅަށް މުގުރު ބޭނުންކޮށް ބައެއް މީހުންނަށް މުގުރުން ހަމަލާދީފައިވާ ކަމަށެވެ.

ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ބޭއްވި މި އިހުތިޖާޖަކީ އައްޑޫގައި ކުޑަ އަންހެން ކުއްޖަކަށް ފުލުހަކު ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެ ކުރިއަށް ގެންދިޔަ އިހުތިޖާޖެކެވެ. އިހުތިޖާޖު ކުރި މީހުން ބުނީ އެ ފުލުސް މީހާއަށް ފުލުހުން ހިމާޔަތް ދޭ ކަމަށެވެ.