ކޮނޑޭ

ކޮނޑޭ މަރިޔާދުގެ ރޯކޮށް ތިޖޫރީ ފަޅާލި މައްސަލާގައި ކުޑަކުއްޖަކާއި ދެ މީހަކު ހައްޔަރުކޮށްފި

ކޮނޑޭގެ މަރިޔާދު ގޭގައި ރޯކޮށްލި މައްސަލާގައި ކުޑަކުއްޖަކު ހައްޔަރުކޮށް، ހަމަ އެރޭ އެރަށު ކައުންސިލް ތިޖޫރީ ފަޅައިލި މައްސަލާގައި އިތުރު ދެމީހުން ހައްޔަރުކޮށްފި އެވެ.

މީގެ ހަފްތާއެއް ކުރިން މިނިވަން 50 ފުޓްބޯޅަ މުބާރާތަށް ކޮނޑޭ ރައްޔިތުން އެރަށު ބަނދަރު ސަރަހައްދުގައި "ދަނޑިފަނުން ހަދާފައި ހުރި، މަރިޔާދު ގޭގައި ވަނީ ރޯކޮށްލައި، އޭގެ އިރުކޮޅެއް ފަހުން އެރަށު ތިޖޫރީ ފަޅައިލާ 50،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދަންވަރު ގަޑީ ކޮނޑޭގެ މަރިޔާދުގޭގައި ރޯކޮށްލި މައްސަލާގައި މިމަހު 22 ވަނަ ދުވަހު ކުޑަކުއްޖެއް ހައްޔަރުކޮށްފައިވާނެ ކަމަށާއި އަދި އެކުއްޖާ ބަނދަށް 15 ދުވަސް ޖަހައިފާވާނެ ކަމަށެވެ. އަދި ކައުންސިލް ތިޖޫރީ ފަޅައިލި މައްސަލާގައި 18 އަހަރާއި 26 އަހަރާއި ދެމެދުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް މިމައްސަލާގައި ގެއްލުން އެއްވެސް ރުފިޔާއެއް ހޯދިފައިވާކަން ސާފެއް ނުވޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.