ދުނިޔެ

އައިފޯން 13އާއެކު ބައެއް އައިފޯނުތަކުގެ އަގު ދަށަށް

އައިފޯނު 13 އެނައުސް ކޮށްފި އެވެ. ލަސްތަކެއް ނުވެ ބޭނުން ކުރަން ލިބޭނެ އެވެ. އެޕަލުން އައިފޯން ތައާރުފު ކުރަން ކޮންމެ އަހަރަކު ބާއްވާ ހަފުލާއަށް ފަހު ދުނިޔޭގައި ހާއްސަކޮޮށް އައިފޯން ކޮމިއުނިޓީގައި އައިފޯނަށް ޚާއްސަ ކަންތައްތަކެއް ހިނގައި ދެ އެވެ.

އައިފޯން 13 ތައާރުފުކޮށް އެޕަލުން ވަނީ މިހާރު މާކެޓްގައި ހުރި ބައެއް އައިފޯނުތަކުގެ އަގަށް ބަދަލު ގެނެސްފަ އެވެ. އައިފޯނުތަކުގެ ބައެއް މޮޑެލްތައް އަގު ހެޔޮކުރި ނަމަވެސް އެކި ބައްރުތަކުގައި އަގު ފަރަގުވުން އެކަށީގެންވެ އެވެ.

އައިފޯން 13 އާއެކު އެޕަލުން ދެން ކުރި ކަމަކީ އައިފޯންގެ ބައެއް މޮޑެލްތައް ޒަމާނުން ފުހެލުމެވެ. އުފެއްދުން ހުއްޓާލުމެވެ. އެ މޮޑެލްތަަކަށް އެޕަލުން ދޭ ހިދުމަތް ދަށް ކުރުމެވެ.

އައިފޯން އެކްސްއާރު، އައިފޯން 12 ޕްރޮ، އައިފޯން 12 ޕްރޮ މެކްސް ވިއްކުން ހުއްޓާލަން އެޕަލުން ވަނީ ގަސްދު ކޮށްފަ އެވެ. އެޕަލުން ބުނީ މި މޮޑެލްތައް އުފެއްދުން ވެސް ހުއްޓާލާނެ ކަމަށެވެ. މާކެޓްގައި ހުރި ނަމަ މި މޮޑެލްތަކުގެ އަގު ހެޔޮ ކުރާނެ ކަމަށް ވެސް އެޕަލުން އޮތީ ބުނެފަ އެވެ.

އައިފޯން 13 އާންމު ވިޔަފާރިއަށް ދޫކޮށްލާއިރު ސަހަލު ގޮތެއްގައި އެންމެ އަވަހަށް ވެސް ގަންނަން ލިބޭނެ ކަމަށް ވަނީ ސެޕްޓެމްބަރު 24 ގައެވެ. އެހެން ނަމަވެސް މިހާރު ވެސް ވަކި ފެންވަރެއްގެ ބަޔަކު އައިފޯން 13 ބޭނުން ކުރެ އެވެ. އައިފޯން 13 މިހާރު ބޭނުން ކުރަނީ އެޕަލުން ހިންގާ ހާއްސަ މާކެޓިން ޕްރޮގްރާމެއްގައި ހިމެނޭ ކުންފުނިތަކުގެ ވެރިންގެ ފެންވަރުގެ އޮފިޝަލުންނެވެ.

އެޕަލުން ބުނީ އަގު ހެޔޮ ކުރާ އައިފޯންތަކުގެ އަގުތައް ބައްރުތައް ވަކިވަކިން އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ. އެޕަލުން ހުޅުވާލާ މިފަދަ ފުރުސަތުތައް އާންމުކޮށް ލިބެނީ އެޕަލް ފިހަރަތައް ހުންނަ ގައުމުތަކުންނެވެ.