ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ނަންބަރު 84 އަށް

ރާއްޖެއިން އިތުރު 84 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ ރާއްޖޭގެ ކޮވިޑް ނަންބަރު 100 އިން މަތީ ހުންނަތާ 24 ވަނަ ދުވަހުގެ ފަހުން އެ ނަންބަރު ދަށްވި ތިންވަނަ ދުވަހެވެ. އަދި މިއީ މިދިޔަ 25 ދުވަސްތެރޭ މި އަދަދަށް ނަންބަރު ތިރިވި ފުރަތަމަ ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 83،332 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 37 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 37 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 3،109 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،686 މީހުންނެވެ. މިހާތަނަށް 81،404 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 18 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަދާ ހަމައަށް 229 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. މިއަދާއި އިއްޔެވެސް ކޮވިޑްގައި މީހަކު މަރުވިއެވެ.