މުހައްމަދު ނާޒިމް

ހިދުމަތް އެންމެ ދަށީ ޓްރާންސްޕޯޓްގައި

ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ -- އަވަސް ފޮޓޯ
75%
25%
0%

ރައްޔިތުންގެ ފަރާތުން އިވޭ ޝަކުވާތަކަށް ބަލާއިރު ހިދުމަތް ދިނުމުގައި އެންމެ ދަށީ ޓްރާންސްޕޯޓް މިނިސްޓްރީ ކަމަށް އެމްއެންޕީގެ އެއް މުއައްސިސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އަޑުން ގެނެސްދިން ޕްރަގްރާމެއްގައި ނާޒިމް ވިދާޅުވީ މި ސަރުކާރުގައި ރައްޔިތުންގެ ފަރާތުން އެންމެ ގިނަ ޝަކުވާ އިވިވަޑައިގަންނަވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅޭ ގޮތުން ކަމަށެވެ. މިނިސްޓްރީ ހިންގުމުގައި ދެރަވަރު ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަންކަން އެހެން ވަނީ ވަކި ބޭފުޅެއްގެ ސަބަބުން ކަމަށް ދަންނަވަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެ މިނިސްޓްރީގައި "އުނި ކަންތައްތައް" ގިނަ ކަމުން ރައްޔިތުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ތަކުލީފަކަށްވެ ޝަކުވާތައް ފުނިޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންގެ ފަރާތުން އިވޭ އަޑުތަކަށް ބަލާއިރު އެންމެ ދަށްކޮށް ހިދުމަތް ދެވޭ މިނިސްޓްރީ އަކަށް އޮތީ ޓްރާންސްޕޯޓް މިނިސްޓްރީ ކަމަށް ގަބޫލު ކުރެވެނީ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަޖިލީސް މެދުވެރިކޮށް ވެސް މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ ދުވަސްތަކުގައި ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެދެވޭ ހެޔޮ ބަދަލުތަކެއް އެ މިނިސްޓްރީއަށް އައިސްފައި ނުވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ މިނިސްޓަރުކަން ކުރައްވާ ޓްރާންސްޕޯޓް މިނިސްޓްރީއަކީ އަބަދުވެސް ރައްޔިތުންގެ ޝަކުވާ ބޮޑު މިނިސްޓްރީ އެކެވެ. ހިދުމަތްތައް އިންތިހާ ލަސް އަދި ކޮރަޕްޝަނާ ފަސާދައިގެ ތުހުމަތު ވަރަށް މައްޗަށް އެ މިނިސްޓްރީއަށް އޮވެއެވެ. ނަހުލާ ހަވާލުވެ ވަޑައިގެން މައްސަލަތައް ހައްލު ކުރައްވަން މަސައްކަތް ކުރައްވާ ކަަމަށް ވިދާޅުވުން ފިޔަވައި އިތުރު ބަދަލުތަކެއް ނުފެނެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަގުމަތިވީ

މިނިސްޓްރީ ނުހިގާ އެންމެފަހުން ފްލައިން ސްކޫލްގަ ކިޔަވަމުންދިޔަ އެތައް ދަރިވަރުންނެއް މަގުމަތިވެ ބާކީވީ މަހިތައް އަރާ މިވެރިން ލަދެއްވެސް ނުގަނެއޭ މިނިސްޓަރުންނޭ ކިޔައިން ތަންތަނުގަ ތިބެން

އިއްސޭ ތަކަންތޫ

އެންމެ ބޮޑަށް ޚިޔާނާތުގެ ކަންތައްތައް ހިންގަނީ އެމްޓީސީސީގަ. ގްރޫޕްއެއްކޮށްލައިގެން 2ބާޖާއި ކޮންންބޯޓެއް ގެންނަނީ. ކޮބެލްކޯ ބާ އެކްސްކަވޭޓަރު ގެނެސްފައިވަނީ. ހުރިހާ އޯޑަރެއް ލިބެނީ ގާތްމީހުނަށް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345