ދުނިޔެ

ފްރާންސްއަކީ ސަބްމެރީން އުފައްދަން ގާބިލު ބައެއް ކަމާމެދު ޝައްކު: މޮރިސަން

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން: ބޭނުންވަނީ ވަކި ފެންވަރެއްގެ ސަބްމެރީން
0%
0%
0%

އޮސްޓްރޭލިއާއަށް ބޭނުންވާ ދަރަޖައިގެ ސަބްމެރީން އުފައްދައި ދެވޭހާ ފެންވަރު ފްރާންސްގައި ހުރި ކަމާމެދު ޝައްކު ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ފްރާންސްއަށް ސަބްމެރީން އުފައްދަން ހަވާލު ކުރީއްސުރެ އެ ކަންބޮޑުވުން އޮންނަ ކަމަށެވެ.

މޮރިސަން ވިދާޅުވީ އޮސްޓްރޭލިއާއަށް ހަގީގަތުގައި ބޭނުން ވަނީ އަސްކަރީ ދަރަޖައިގެ ސަބްމެރީން ކަމަށާއި ފްރާންސްއާއެކު މަޝްވަރާ ކުރައްވަަމުން ގެންދެވި ކޮންޓްރެކްޓް ހުއްޓާލަން ޖެހުނީ ފްރާންސްގެ ކިބައިގައި އެ ގާބިލުކަން ހުރިކަމާ މެދު ޝައްކުވެ ވަޑައިގަންނާލެއް ބޮޑު ކަމުން ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާ ކަންބޮޑުވާ މިންވަރު ފްރާންސަށް ވެސް އެނގޭނެ ކަމަށާއި ފެންވަރު ނެތް ސަބްމެރީންތަކެއް އޮސްޓްރޭލިއާށް ބޭނުން ނުކުރެވޭނެ ކަމަށެވެ.

އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތް އަދި އެމެރިކާ ގުޅިގެން އޯކަސްގެ ނަމުގައި އަސްކަރީ އިއްތިހާދެއް އުފެއްދި ފަހުން ފުރަމަތަ ފަހަރަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްކޮޓް މޮރިސަން ވަނީ ސަބްމެރީން އުފައްދަން ފްރާންސްއަށް ދެއްވި 90 ބިލިއަން ޑޮލަރުގެ އަސްކަރީ ކޮންޓްރެކްޓް ބާތިލުކުރަން ޖެހިވަޑައިގެންނެވި ސަބަބު ހާމަ ކުރައްވާފަ އެވެ.

މޮރިސަން ވިދާޅުވީ ދުވަސްތަކެއް ކުރިން އެމަނިކުފާނު ވެސް ފްރާންސްގެ އޮފިޝަލުންނާ މަޝްވަރާ ކުރެއްވި ކަމަށާއި އޮސްޓްރޭލިއާއަށް ބޭނުންވާ ސަބްމެރީންތަކުގައި ހުންނަން ޖެހޭ ފެންވަރު ވަރަށް ރަނގަޅަށް ކިޔައި ދެއްވި ކަމަށެވެ. އޭނާ އަދި ވިދާޅުވީ އޮސްޓްރޭލިއާގެ އަސްކަރީ އޮފިޝަލުން ވެސް ފްރާންސްއަށް ދަތުރު ކުރެއްވި ކަމަށާއި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ދެންނެވި ކަމަށެވެ.

އޮސްޓްރޭލިއާއަށް އެމެރިކާއިން އުފައްދައިދޭ ސަބްމެރީން ބޭނުން ކުރެވޭ ވަރު ވާނީ 2030 ގެ އަހަރުތަކުގައި

ބޮޑުވަޒީރު ވިދާޅުވީ އެގްރިމެންޓް އުވާލައި ކޮޅު ބަދަލު ކުރައްވަން ޖެހިވަޑައިގަތީ ލިބިވަޑައިގެންނެވި އިންޓެލިޖެންސާއި އިރުޝާދަށް ބައްލަވާފައި ކަމަށެވެ. އޭނާ އަދި ވިދާޅުވީ ފްރާންސުން މީގެ ކުރިން އުފައްދާފައި ހުރި ސަބްމެރީންތައް ވެސް ހުރީ އޮސްޓްރޭލިއާ ޝައުގުވެރިވާ ގޮތަށް ނޫން ކަމަށެވެ.

މޮރިސަން ވިދާޅުވި ގޮތުގައި ފްރާންސްގެ ކަންބޮޑުވުން އެނގިވަޑައިގަންނަވަ އެވެ. އެހެނެއް ކަމަކު އޮސްޓްރޭލިއާއަށް ދެރަ ލިބި ދާނެ އެއްވެސް އިހުތިޔާރެއް ބޮޑުވަޒީރު ކަމުގައި ހުންނަވާ މީހަކަށް ކުރެވޭކަށް ނޯވެ އެވެ.

ދުނިޔޭގައި މިހާރު ބުނެވެނީ އޯކަސް އިއްތިހާދަށް ބޯލަނބައިގެން ތިބި ތިން ގައުމަކީ ކުޑަ ނޭޓޯއެއް ކަމަށެވެ. ކުޑަ ނޭޓޯގެ މައިގަނޑު އެއް ބޭނުމަކީ އޮސްޓްރޭލިއާއަށް މިލިޓަރީ ދަރަޖަ ދިނުން ކަމަށެވެ. އެގޮތުގައި އޮސްޓްރޭލިއާއަށް ނިއުކްލިއާ ސަބްމެރީން ފޯރުކޮށްދިނުމާއި ބަރުހަތިޔާރާއެކު އަސްކަރީއްޔާ ގާބިލު ކޮށްދިނުމަކީ ވެސް މަގުސަދެެއް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910