ބުންޑެސްލީގާ

ހާލަންޑްގެ ދެ ގޯލުން ޑޯޓްމަންޑަށް މޮޅެއް

ބޮރޫޝިއާ ޑޯޓްމަންޑްގެ ޒުވާން ތަރި އާލިން ހާލަންޑްގެ ދެ ގޯލާއި އެކު ބުންޑަސްލީގާގައި ޑޯޓްމަންޑް ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެ އެވެ.

ޑޯޓްމަންޑްގެ ދަނޑުގައި ޔޫނިއަން ބާލިން އާއި ދެކޮޅަށް ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ޑޯޓްމަންޑުން ލީޑު ނެގީ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގަ އެވެ. މި ގޯލަކީ އަރިމަތިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެން ރަފައެލް ގުއެރޭރޯ ކާމިޔާބު ކޮށްދިން ގޯލެކެވެ. އެއަށްފަހު ހާލަންޑް ވަނީ މަތިމަތިން އައި ހުރަހެއް ބޮލުން ޖަހައި ގޯލުގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޑޯޓްމަންޑަށް ލީޑު ފުޅާ ކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާ އަކުން ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ޑޯޓްމަންޑު ތިންވަނަ ގޯލު ކާމިޔާބު ކުރީ ޔޫނިއަން ބާލިންގެ ޑިފެންޑަރު މާވިން ފްރައިޓްރިޗްގެ ފައިގައި ބޯޅަ ޖެހިފައި ބައިކޮޅަށް ގޯލެއް ވަނުމުންނެވެ. އޭގެ އިރުކޮޅެއް ފަހުން ޔޫނިއަން ބާލިންއަށް ޑޯޓްމަންޑުގެ ލީޑު ހަނި ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މެކްސް ކްރޫސް އެވެ. އަދި މެޗުގެ 81 ވަނަ މިނެޓުގައި އެންޑްރޭސް ވޮލްސަމާގެ ލަނޑާއި އެކު ޔޫނިއަން ބާލިންއިން އެއް ގޯލަށް ލީޑު ހަނިކުރި އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ހާލަންޑް ވަނީ އިތުރު ގޯލެއް ޖަހައި ޑޯޓްމަންޑަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

މި ނަތީޖާ އާއި އެކު ޑޯޓްމަންޑް މިވަގުތު އޮތީ ހަތަރު މެޗުން މޮޅުވެ އެއް މެޗުން ބަލިވެގެން ލިބުނު 12 ޕޮއިންޓާއި އެކު ތާވަލުގެ ތިން ވަނައިގަ އެވެ.

ބުންޑަސްލީގާގައި ރޭ ވީއެފްބީ ސްޓަޓްގާޓްގެ މައްޗަށް ލެވާކުސެން 3-1 ގެ ނަތީޖާއަކުން ކުރިހޯދި އިރު، ވޮލްފްސްބާގާއި އެންޓްރެޗް ފްރެކްފާޓް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.