ޗެމްޕިއަންސް ލީގް

ޑޯޓްމަންޑު ދަނޑުގައި ބާސާއަށް ތާރީހީ މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުގައި ރޭ ކުޅުނު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ އަމިއްލަ ދަނޑުގައި އެޓީމާ ދެކޮޅަށް ބާސެލޯނާ ރަނގަޅު ކުޅުމެއް ކުޅެ 3-2ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފި އެވެ.

މިއީ 2021 ވަނަ އަހަރުގެ ނޮވެމްބަރުގެ ފަހުން ޑޯޓްމަންޑުގެ ސިގްނަލް އިޑުނާ ޕާކްގައި ޗެމްޕިއަންސް ލީގު މެޗެއްގައި ޓީމަކުން މޮޅުވި ފުރަތަމަ ފަހަރެވެ. މި މުއްދަތުގެ ތެރޭގައި ޗެލްސީ، ސިޓީ، ޕީއެސްޖީ ފަދަ ބޮޑެތި ޓީމުތައްވެސް ވަނީ އެ ދަނޑުގައި މޮޅުވުމަށް ނުކުޅެދިފަ އެވެ.

ސިގްނަލް އިޑުނާ ޕާކްގައި ޑޯޓްމަންޑްގެ ސަޕޯޓާރުންގެ ކުރިމަތީގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ފުރަތަމަ ހާފު ނިމުނީ ދެ ޓިމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އެހެންމަނަވެސް ދެޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް އެ ހާފުގައި ފެނިގެންދިޔަ އެވެ.

ދެވަނަ ހާފު ފެށުމާ އެކު ބާސެލޯނާއިން ވަނީ ކުޅުން އިތުރަށް ވަރުގަކޮށްފަ އެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ބާސެލޯނާއަށް 52 ވަނަ މިނެޓުގެ ތެރޭގައި ރަފީނިއާގެ ރީތި ލަނޑަކުން ބާސެލޯނާ ލީޑު ނަގާފައިވެ އެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ޑޯޓްމަންޑްއަށް ޕެނަލްޓީއެއް ލިބި އެފުރުސަތުގައި ޒުވާން ކުޅުންތެރިޔާ ސާހޯ ގިރެސީ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިނެވެ.

އޭގެފަހުން ބަލުތަކެއް ބާސާ ޓީމަށް ގެނަ އެވެ. ބަދަލުގައި ނުކުތް ފެރާން ޓޮރޭޒް ވަނީ ދެވަނަ ފަހަރަށް ބާސެލޯނާއަށް ލީޑު ނަގައިދީފަ އެވެ. އެހެންނަމަވެސް ސާހޯ ގިރެސީ 78 ވަނަ މިނެޓުގައި އަނެއްކާވެސް ލަނޑެއް ޖަހައި ނަތިޖާ 2-2 އިން ހަމަކޮށްދިނެވެ.

އޭގެ ފަހުން ބާސާއިން އެޓޭކްތައް ވަރުގަދަކޮށް ބަދަލުގައި ކުޅެން ނުކުތް ފެރާން، ޔަމާލްގެ އެހީތެރިކަމާއެކު 85 ވަނަ މިނެޓުގައި ތިންވަނަ ފަހަރަށް ބާސާއަށް ލީޑު ނަގައިދިނެވެ. މެޗު ނިމިގެން ދިޔައީ ބާސެލޯނާ 3-2 އިން ކުރީގައި އޮވެގެންނެވެ.

މި ނަތީޖާއާއެކު ބާސެލޯނާއަށް ލިބިފައިވަނީ 15 ޕޮއިންޓްއާ އެކު، ތާވަލުގެ ދެވަނަ އެވެ. މިއާއެކު އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދުގައި އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައިވެ އެވެ. ޑޯޓްމަންޑަށް މިހާތަނަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. އަދި އޮތީ ތާވަލުގެ ނުވަވަނަ މަގާމުގައެވެ.

މި މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ނިމޭއިރު، ގަދަ އަށެއްގައި ހިމެނޭ ޓީމުތަކަށް ދެވަނަ ބުރަށް ސީދާ ކުރިއަށް ދެވޭނެ އެވެ. އަދި 9 އިން 24 އަށް ދާ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް މެޗުތަކެއް ކުޅުމަށެވެ.