ޗެމްޕިއަންސް ލީގް

ފޯރިގަދަ ކުޅުމަކަށްފަހު ބާސާއިން ބެންފީކާ ބަލިކޮށްފި

0%
0%
0%

ފޯރިގަދަ ކުޅުމަކަށްފަހު ބާސާއިން ބެންފީކާ ބަލިކޮށްފި އެވެ.

ބެންފީކާގެ ދަނޑު -- އެސްޓާޑިއޯ ޑަ ލަޒްގައި ކުޅުނު މި މެޗަކީ ވަރަށް ފޯރިގަދަ އަދި ވާދަވެރި މެޗަކަށް ވެގެން ދިޔަ އެވެ.

މެޗުގެ ކުރީކޮޅު ލީޑް ހޯދީ ބެންފީކާ އިންނެވެ. މެޗުގެ ދެވަނަ މިނެޓުގައި ގްރީސްގެ ތަރި ޕަވްލިޑިސް ވަނީ ފުރަތަމަ ލަނޑު ޖަހާފަ އެވެ. އޭގެ ފަހުން ކުޅުން ދިޔައީ ދެ ޓީމުގެ މެދުގައި ދެކޮޅު ދެކޮޅަށް ބަދަލުވަމުންނެވެ.

ކުޅުން ފޯރިގަދަ ވަމުން ގޮސް ބާސެލޯނާގެ ސްޓްރައިކަރު ލެވަންޑޯސްކީ ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހައި މެޗު އެއްވަރު ކޮށްފަ އެވެ. އެހެންނަމަވެސް ބެންފީކާގެ ޕަވްލިޑިސް މި މެޗުގައި އިތުރަށް އަނދަވަޅު ވަމުން ދިޔައެވެ. އޭނާ ވަނީ އިތުރު ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ދެވަނަ ހާފުގައި ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ގެނައި ބަދަލުތަކާއެކު މެޗުގެ އޮއިވަރު މުޅިން ބަދަލުވެގެން ދިޔައެވެ. މި ބަދަލުތަކުގެ ސަބަބުން ރަފީނިއާ އަދި ގާސިއާގެ އެހީގައި ބާސެލޯނާ އަށް މެޗު ތެރެއަށް އަނބުރާ އައުމުގެ ފުރުސަތު ލިބުނެވެ.

މެޗުގެ އެންމެ ފަހު މިނެޓުތަކުގައި ރަފީނިއާ ޖެހި ލަނޑާއެކު ބާސެލޯނާ އިން މި މެޗުން މުހިއްމު ތިން ޕޮއިންޓް ހޯދި އެވެ.

މި ނަތީޖާއާއެކު ބާސެލޯނާ ވަނީ މި މުބާރާތުގެ ތާވަލުގައި 18 ޕޮއިންޓާއެކު ދެވަނައިގައި ހަމަޖެހިލާފަ އެވެ. އެހެންނަމަވެސް ބެންފީކާ މި މެޗުން ބަލިވުމާއެކު 10 ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ 18 ވަނަ އަށް ވެއްޓިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345