އަހުމަދު އީސާ

އީސަގެ ޝަރީއަތް ސިއްރު ކޮށްގެން ފަށައިފި

Sep 20, 2021
2
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ: ޝަރީއަތުގެ އަޑުއެހުންތައް މިއަދު ވަނީ ފަށައިފައި
0%
100%
0%

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކޮށްގެން ފަށައިފި އެވެ.

ދައުލަތުން އީސަގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު އެންމެ ފުރަތަމަ ޝަރީއަތުގެ މަޖިލިސް ފެށީ ނޫސްވެރިންނާ އެކު އެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން އެދުނީ މައްސަލައިގެ ބާވަތުން އަޑުއެހުން ހުޅުވާލައިގެން ނުގެންދިއުމަށެވެ. އެގޮތުން މިއީ ގެވެށި އަނިޔާގެ މައްސަލަކަށް ވާއިރު، ދައުވާ ލިބޭ ފަރާތާއި އަދި ދައުވާ ރައްދުވާ ފަރާތުގެ ޒާތީ ކަންތައްތައް މި މައްސަލައިގައި އެކުލެވޭ ކަމަށް ފާހަގަކުރެއްވި އެވެ.

އީސަގެ ދިފާއީ ވަކީލް ނޫރުލްއިސްލާމް ވެސް އެކަމަށް ތާއީދު ކުރެއްވި އެވެ. އޭނާ ވިދާޅުވެފައި ވަނީ މީޑިއާގެ ސަބަބުން މިހާރު ވެސް އީސަގެ އަބުރު ކަތިލެވިފައިވާ ކަމަށެވެ. އޭނާގެ މުވައްކިލާ ގުޅިގެން ދޮގު ހަބަރުތައް ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މި މައްސަލަ ސިއްރުކޮށްގެން ކުރިއަށް ގެންދަން އޭނާ ވެސް ބާރުއެޅުއްވި އެވެ.

އެހެންކަމުން ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމަވާފަ އެވެ.

އީސަގެ ޝަރީއަތް ހިންގާ އިރު، އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އޮތީ އެދިފަ އެވެ. އެކަމަކު މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް އީސަ ހިންގި ކަމަށް ބުނެ އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަދި އަނިޔާތަކާ ގުޅިގެން އަސްރާ ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ހޯދާފަ އެވެ.

ގެވެށި އަނިޔާގެ މިމައްސަލަ އާއި ގުޅިގެން އީސަ ހައްޔަރު ކުރަން ޕީޖީ އޮފީހުން މީގެ ކުރިން ކޯޓު އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ އަމަރު ނެރެދީފައެއް ނުވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345