އަހުމަދު އީސާ

އީސަގެ ދައުވާ ކުރިއަށް ނުގެންދިއުމަށް އަސްރާ އެދިވަޑައިގެންފި

Jun 19, 2021
6
އަސްރާ ނަސީމު: މެންބަރު އީސަގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ނުގެންދިއުމަށް ޕީޖީ އޮފީހުގައި ވަނީ އެދިވަޑައިގެންފައި
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު އީސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގެވެށި އަނިޔާގެ ދައުވާ ކުރިއަށް ނުގެންދިއުމަށް އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިވަޑައިގެންފި އެވެ.

އީސަގެ މައްޗަށް ދައުލަތުން ދައުވާ ކުރުމުން އަސްރާގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަން ޕީޖީ އޮފީހުން ވެސް ކަށަވަރުކޮށްދެ އެވެ. ނަމަވެސް ސިޓީގައިވާ އެއްވެސް މައުލޫމާތެއް ޕީޖީ އޮފީހުން ހިއްސާކޮށްފައެއް ނުވެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އަސްރާގެ ސިޓީގައި އެދިވަޑައިގެންފައިވަނީ އީސަގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ނުގެންދިއުމަށެވެ.

މިކަމާ ގުޅިގެން އަސްރާއާއި އަވަސް އިން ގުޅާލުމުން ވިދާޅުވީ މިވަގުތު އެކަމާ ގުޅިގެން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އޭނާ ޕީޖީ އޮފީހަށް ފޮނުވި ސިޓީއާ ގުޅިގެން ނޫހެއްގައި ރިޕޯޓްކޮށްފައި ވަނީ ވެސް އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

އީސައާ ދެކޮޅަށް ފުލުހުންގެ އިދާރާ އަށް ގެވެށި އަނިޔާގެ މައްސަލަ ހުށަހަޅައި އަދި ބަޔާނެއް ވެސް ދެއްވުމަށްފަހު އަސްރާ ފަހުން ވަނީ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ފުލުހުންގެ އިދާރާގައި ވެސް އެދިވަޑައިގެންފަ އެވެ. ނަމަވެސް ފުލުހުން ބުނީ އެ މައްސަލާގައި ޖިނާއީ ކުށްތަކެއް ހިމެނޭ ކަމަށް ބެލެވޭތީ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.

އީސާއަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހުގައި އެދުނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިމަހުގެ ތިންވަނަ ދުވަހު އެެވެ.

ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން އީސަގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. މިކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުމެވެ.

މި މައްސަލައިގެ ޝަރީއަތް ހޯމަ ދުވަހު ހެނދުނު 11:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ފެށުމަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނަސްމާ

މިއީ ދެން ކިހާ ދެރަ ކަމެއް ދޯ... މިކަންވެސް ކުޅޭ ކުޅޭ ކަމަކަށް ހަދާފަ.. ލަދުން ބޯހަލާކު

ދެން

ދެން އަމައްޔާއި. އަސް އުޅޭގޮތެއް ދޯ

ލާމު

މިވެސް ޑްރާމާ ކްއީނެއް ދޯ

ހަސަނުގ

ލާރިގަނޑެއް ލިބުނީތަ؟ ނޫނީ ކުޅޭ ކުޅިވަރެއްތަ؟

ބޯހަލާކު

އަސްރާ ބޭނުން ވިޔަސް ނުވިޔަސް ޖިނާއީ ދައުވާ ކުރިއަށް ދާންޖެހޭނެ. އަސްރާމެން ތިޔަ ކަންތައް ކުރާ ގޮތުން ގެވެށި އަނިޔާގެ ވަށްބުރު ހުންނާނީ ވަށާޖެހި ޖެހި. އެކަމެއް ނުހުއްޓުވޭނެ. އެއްދުވަހު އަނިޔާކުރާނެ. އަނެއްދުވަހު ރޯނެ. މާފުކުރަން އެދޭނެ. މައްސަލަ އަނބުރާ ގެންދަން އެދޭނެ. ދެން ރުއިމުން ހިތަށް ކުރާ އަސަރެއްގެ ސަބަބުން މާފު ދޭނެ. އަންހެނުންގެ ހިތް ބަލިކަށިވާާނެ. ހިތުގައި ޖެހި، މާފުކުރާނެ. ދެން ޖެހިގެން އަންނަ ދުވަހު ލޯބިން އުޅޭނެ. ދެން ފެންނާނީ އަލުން ކައިވެނިކުރާ ތަން. އެއަށް ފަހު ފެންނާނީ ތަޅައިގަންނަ ތަން. ދެން ވީ ފުލުހަށް ދާން. ތަހުގީގު ނިމޭ ހިސާބުން އެވީ މާފުކުރަން.....ހެހެހެ ދެރަވަރު. ވިކްޓިމައިޒްވެ ހަރުވެފަ. ވަށްބުރުން އަރައި ނުގަނެވިފައި. މިއަށް ވުރެ އަންހެނުން ނިކަމެތިވށާނެތަ؟ ދެން އެ ދައުވާ ސާބިތުވެ އީސަ ޖަލަށް ލިޔަސް އޮތީ ކޮން ގެއްލުމެއް. މަޖިލީހު ގޮނޑި ނުގެއްލޭނެ. ދައުލަތުގެ ޚަރަދުގައި ޖަލުގައި ކާންދޭނެ. އެއްގޮތުން ބަލައިފިއްޔާ އީސައަށް ފައިދާ އެވަނީ.

ހަސަނުގ

އަސްރާއަށް އޮޅުނީ. ނުބައި މީހެއްގެ ނަން ޖެހިފަ އިނީ މައްސަލަ ހުށަހެޅިއިރު. ކެކެ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345