އެމްއެމްޕީއާރްސީ

އައިއެލްޓީއެމް ގައި ރާއްޖެ ބައިވެރިވެއްޖެ

ރާއްޖެއިން ޓްރެވަލް ފެއާ އައިއެލްޓީއެމް 2021 ގަ ބައިވެރި ވެއްޖެ އެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި މި ފެއާގައި ބައިވެރިވީ ރާއްޖެއަކީ ފަތުރުވެރި ކަމުގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގަ އިޝްތިހާރު ކުރާށެވެ. މި ފެއާ މިފަހަރު ކުރިއަށް ގެންދަނީ މި މަހުގެ 20 ވަނަ ދުވަހުން 23 ވަނަ ދުވަހުގެ ނިޔަލަށެވެ. ފެއާ ބާއްވަނީ މެކްސިކޯގެ ރިވިޔާ މާޔާގަ އެވެ.

މި ފެއާގައި އުތުރު އެމެރިކާގެ ޓްރެވަލް ޓްރޭޑްގެ އެންމެ މަގްބޫލު ފަރާތްތަކުން ބައިވެރިވެ އެވެ. އެގޮތުން 153 އަށްވުރެ ގިނަ ސިޓީއަށް ނިސްބަތްވާ މީހުންނާއި 60 ވޯލްޑްވައިޑް އެގްޒިބިޓަރުން ބައިވެރި ވެއެވެ.