އެމްއެމްޕީއާރްސީ

ޖަރުމަނުގައި ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި

ޓީޔޫއައި ކުންފުންނާއި ގުޅިގެން އެމްއެމްޕީއާރްސީން ޖަރުމަނުގައި ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި --- ފޮޓޯ: އެމްއެމްޕީއާރްސީ
0%
0%
0%

ޖަރުމަނުވިލާތުގެ މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން އިތުރު ކުރަން އެމްއެމްޕީއާރުސީން ކެމްޕޭނެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީގެ މި ކެމްޕެއިން ކުރިއަށް ގެންދަނީ ފަސް މަސް ދުވަހަ ށެވެ. ކެމްޕެއިން ކުރިއަށް ދާނީ މި މަހުން ފެށިގެން އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށެވެ.

ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް އެމްއެމްޕީއާރްސީން ކުރަނީ ޖަރުމަނުގައި ފަތުރުވެރިކަމުގެ ހިދުމަތްތައް ފޯރުކޮށްދޭ ޓީޔޫއައި ގްރޫޕް އާއި އެކުގަ އެވެ. އެ ކުންފުނިން ޔޫރަޕްގެ ފަސް
އެއާލައިނަކާއި ޓުއާ އޮޕަރޭޓް ވެސް ކުރެ އެވެ.

މި ކެންޕެއިންގެ ތެރެއިން ޖަރުމަނުގައި ރާއްޖޭގެ އިޝްތިހާރާއި މައުލޫމާތު އާޓިކަލް، ޕްރެސް ރިލީޒް، ފޮޓޯ، ވީޑިއޯތައް ސޯޝަލް މީޑިއާ، ސްކްރީންތަކާއި، އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ހިދުމަތްދޭ އަދި ހޯދާ ފަރާތްތަކާ ހަމައަށް ރާއްޖޭގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

މި އަހަރުގެ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,153,013 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޖަރުމަނުވިލާތަކީ އެ މުއްދަތުގައި ރާއްޖެއަށް ތިން ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އެގޮތުން މި މުއްދަތުގައި ޖަރުމަނުވިލާތުން ރާއްޖެއަށް ވަނީ 81,484 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ ޖުމްލަ އެރައިވަލްސްގެ 7.2 އިންސައްތައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345