އެމްއެމްޕީއާރްސީ

ބަލްކަންގައި ރާއްޖޭގެ އިޝްތިހާރު ކުރަން ފަށައިފި

Nov 27, 2021

ބޯލްކަން ރީޖަންގައި ރާއްޖޭގެ މަގުބޫލުކަން އިތުރު ކުރަން އެމްއެމްޕީއާރުސީން ކެމްޕޭނެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީގެ މި ކެމްޕެއިން ކުރިއަށް ގެންދަނީ ހަ މަސް ދުވަހަ ށެވެ. ކެމްޕެއިން ކުރިއަށް ދާނީ މި މަހުން ފެށިގެން އަންނަ އަހަރުގެ މާޗުމަހުގެ ނިޔަލަށެވެ.

ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާނީ ހަންގޭރީ އާއި ސްލޮވޭކިއާ އާއި ކްރޮއޭޭޝިއާ އާއި ސާބިއާ އަދި ރޮމޭނިއާގަ އެވެ. އެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރުވެރިންގެ އަދަދާއި، ރާއްޖެއަށް އެ މަންޒިލްތަކުން ލިބޭ ތަރުހީބަށް ބަލާއިރު މިއީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ އުންމީދީ މާކެޓްތަކެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

އެމްއެމްޕީއާރްސީން ބުނީ ކެމްޕެއިންގައި ހަންގޭރީގައި އައުޓްޑޯ އެޑްވަޓައިޒިން ހަރަކާތްތަކަކާއި، ވާޗުއަލް އިވެންޓުތައް ބާއްވާނެ ކަމަށާއި އެ މާކެޓްތަކުން މީޑިއާ އަދި އިންފްލުއެންސަރުން ފެމިލިއަރައިޒޭޝަން ދަތުރުތައް ވެސް ކުރާނެ ކަމަށެވެ.