އަބްދުﷲ ސަނީފް

ސަނީފްގެ ފާޑުކިޔުން ހައުސިން މިނިސްޓަރަށް

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް
0%
0%
0%

ބޯހިޔާވަހިކަމުގެ މައްސަަލަ ހައްލު ކުރަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެކަށީގެންވާ މަސައްކަތެއް ނުކުރައްވާ ކަމަށް ވިދާޅުވެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވަރަށް ބޮޑަށް ފާޑުވިދާޅު ވެއްޖެ އެވެ.

ސަނީފް އެފަދައިން ވިދާޅުވީ ވ. ފެލިދޫގެ ރަށް ގިރުން ހައްލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށް ދިޔަ ގަރާރުގެ ބަހުސްގެ ތެރޭގަ އެވެ.

ސަނީފް ވިދާޅުވީ އޭނާ ނިސްބަތްވާ ތިނަދޫގެ މަޝްރޫއުތަކަށް ބަޖެޓު ހިމަނައި ބައެއް މަޝްރޫއުތައް ފެށި ނަމަވެސް އެއްވެސް މަޝްރޫއެއް ނިމުމުގެ ކޮޅުމަތި ނުފެންނަ ކަމަށެވެ.

ތިނަދޫ ދާއިރާތަކުގެ ދެ މެމްބަރުންނަށް ވެސް ރައްޔިތުންގެ ފަރާތުން ޕްރެޝަރު އަންނަނީ އެ މަޝްރޫއުތައް ނުނިމިގެންކަން ސަނީފް ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުން ވައުދުވެފައިވާ ގޮތަށް ވައުދުތައް ފުއްދަން ސަރުކާރުގެ ކެބިނެޓްގެ ވަޒީރުން މަސައްކަތް ކޮށްދެއްވުމަށް ވެސް ގޮވާލެއްވި އެވެ.

"އަޅުގަނޑު ހާއްސަކޮށް ފާހަގަކޮށްލަން ޕްލޭނިން މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރު. އަޅުގަނޑުމެންގެ މިނިސްޓަރަކަށް މިއަދު ނުކުރެވޭ ރައްޔިތުންގެ ބޯހިޔާވަހި ކަމަަކަށް އެޓެންޑެއް. ތިނަދޫ ކަހަލަ ރަށެއްގައި ވެސް ނުކުރެވޭ. ހާއްސަކޮށް ޓާޓާ ކުންފުނި 2008 ގައި ވައުދުވެ ކޮނެފައި ހިލަ ގެންގޮއްސައި ސިމެންތި ގެންގޮއްސައި ހުރި ހުރިހާ އެއްޗެއް ގަނޑުވެ ހަލާކުވަމުންދާ އިރުވެސް އެ އެއްޗެތި ހުރީ. އާންމު ރައްޔިތުންގެ ގުދަން ވެސް އެއްކޮށް ހަލާކުވެގެން ދިޔައީ. މިއަކަށް ވެސް ކުރެވޭނެ ކަމެއް ނެތް. އެހެންވީމާ ހައުސިން މިނިސްޓަރު ޕްލޭނިން މިނިސްޓްރީއާ ދެ މަގާމު އަދާ ކުރަމުންދާ އިރު މިއަށްވުރެ ރަނގަޅަށް ތަސައްރަފު ފުދޭގޮތަށް މިކަން ކުރަން ޖެހޭ." ސަނީފް ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޔާރާ

ނަސީފުމެނަށް ވެސް ކެއްވަނީކީ ނޫން މިސަރުކާރުގެ ވެރިންގެ މަކަރުވެރި ކަމުން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345