މުހައްމަދު އަސްލަމް

މި ސަރުކާރުން ލިޔުމާއި އެކު ގޯތި ދޭނަން: އަސްލަމް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކުރާ ފްލެޓްތަކެއް -- ފޮޓޯ: މުހައްމަދު ޒައިން އިބްރާހީމް | އަވަސް
0%
0%
0%

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިން ފަދަ ލިޔުމެއްގެ ބަދަލުގައި މި ސަރުކާރުން ލިޔުމާއި އެކު ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގޯއްޗާއި ފްލެޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެފައިވާ ވައުދު ފުއްދަވާނެ ކަމަށެވެ.

މި ސަރުކާރުން 4،000 ސޯޝަލް ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާއިރު މިނިސްޓަރު އަސްލަމް ވިދާޅުވީ މި ދައުރުގެ ތެރޭގައި ބައެއް ފްލެޓުތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މިނިސްޓަރު ވަނީ ގޯއްޗާއި ފްލެޓު ދެވޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވިއިރު 35،861 ފޯމު ވަނީ ހުށަހަޅާފަ އެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް އެދުނު މީހުން އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ރިޕޯޓް މެއިގެ ނިޔަލަށް ނުވަތަ ޖޫން މަހުގެ ކުރީކޮޅު ލިބޭނެ ކަމަށް މިނިސްޓަރު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ ޖޫން 26، 2022ގަ އެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހަޅާފައިވާއިރު 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910