ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުވާފަރު

120 ދުވަހަށްފަހު ދުވާފަރުގެ މޮނީޓަރިން އުވާލައިފި

Sep 23, 2021

މިހާތަނަށް އަތޮޅުތެރެއިން އެންމެ ގިނަ ދުވަހު ބަންދުކޮށްފައި އޮތް ރ. ދުވާފަރު މޮނީޓަރިން އިން ނަގައިފި އެވެ.

އެރަށް މޮނީޓަރިން އިން ނަގާފައި މިވަނީ 120 ދުވަހަށް ފަހު މިއަދު ހެނދުނު 10:31 ގައެވެ.

އެޗްޕީއޭއިން ދުވާފަރު ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ކޮވިޑް-19ގެ ހާލަތާއި ގުޅިންގެން މޮނީޓަރިންގައި އެރަށް ބާއްވަން ޖެހޭ އިތުރު ސަބަބެއް މިހާރު ނެތް ކަމަށެވެ.

ކޮވިޑް ފެތުރެން ފެށުމުން ދުވާފަރު އެޗްޕީއޭގެ ބަންދަށް ގެންދިޔައީ މިދިޔަ މޭ 25 ވަނަ ދުވަހު އެވެ. މިއީ މޮނީޓަރިން ލިސްޓުގައި މިހާރު އެންމެ ގިނަ ދުވަސް ވަންދެން ބަންދުގައި އޮތް ރަށެވެ.

ދުވާފަރު ހެލްތު ސެންޓަރުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިވަގުތު އެރަށުގައި ބަލި ޖެހިފައި ތިބި 25 މީހަކު އެބަތިއްބެވެ. އެރަށުން މިވީ ހަތަރު މަސް ދުވަސް ތެރޭ 1023 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.