ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 20 ރަށެއް

ކޮވިޑް ބަލި ފެނިގެން އަރާ ފޭބުން އެޗްޕީއޭއިން މަނާ ކޮށްފައިވާ ރަށްރަށުގެ އަދަދު މިހާރު އޮތީ 20 ގަ އެވެ.

މޮނިޓަރިންގެ ހާލަތުގައި މިހާރު އެންމެ ގިނަ ދުވަސް ވަންދެން އޮތީ ރ. ދުވާފަރެވެ. އެރަށް ބަންދުކުރީ މޭ މަހުގެ 25 ވަނަ ދުވަހު އެވެ. ޖޫން މަހު މޮނިޓަރިންގެ ހާލަތަށް ގެނައި އެއްވެސް ރަށެއް މިހާރު މި ލިސްޓަކު ނެތެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު ބަންދުކުރި ރަށްތަށް ވެސް މިހާރު ލިސްޓަކު ނެތެވެ.

މިދިޔަ އޮގަސްޓު މަހު ނުވަ ރަށެއް އެޗްޕީއޭއިން ބަންދު ކޮށްފައިވެ އެވެ. އެއީ ކ. ގާފަރު، ލ. މުންޑޫ، ށ. މިލަންދޫ، ވ. ތިނަދޫ، ހދ. ނޮޅިވަރަން އަދި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، އަދި ފޭދޫ އެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް ފެނިގެން މިމަހުގެ މިހާތަނަށް 10 ރަށެއް ބަންދުކޮށްފަ އެވެ. އެއީ ސ. ހުޅުމީދޫ، ރ. ރަސްމާދޫ ވ. ފުލިދޫ، ރ. ކިނޮޅަސް، ބ. މާޅޮސް، ކ. ގުޅި، ގއ. ގެމަނަފުށި، އެ އަތޮޅު މާމެންދޫ، ތ. ވޭމަންޑޫ އަދި އެ އަތޮޅު ދިޔަމިގިއްޔެވެ.


ރާއްޖެއިން އިއްޔެ ވަނީ އިތުރު 84 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 83،332 އަށް އަރާފަ އެވެ. އިއްޔެގެ ތަފާސްހިސާބުތަކާ ހަވަލާދީ އެޗްޕީއޭ އިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 37 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ.