އިދިކޮޅު ފަރާތްތައް

އިދިކޮޅު ކޯލިޝަންގެ ޖަލްސާ ފަސްކޮށްފި

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވުމަށް ހަމަޖެެއްސި ޖަލްސާ ކެންސަލްކޮށްފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވުން މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ ޖަލްސާ ކެންސަލްކޮށް ފަހުގެ ތާރީހަކަށް ފަސްކުރަން ނިންމާފައިވާ ކަމަށެވެ.

މިނިވަން ކަމުގެ ދިފާއުގައި ދިވެހިން - ނަމުގައި ބާއްވަން ހަމަޖެހި ޖަލްސާ ދެން އޮންނާނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މޫސުން ގޯސްވެ ޖަލްސާ ކޮށްފައި ވަނީ ކާނިވާ ސަރަހައްދުގައި ގޮޑި ޖަހާ އެތަން ތައްޔާރުކޮށް ނިމިފައި ވަނިކޮށެވެ.

މިއަދު މެންދުރު ފަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހިފައިވެއެވެ. ހަވީރުނއ ފެށިގެން މާލެއަށްވެސް ވަރަށް ވިއްސާރަ އެވެ.