އިދިކޮޅު ފަރާތްތައް

ޝިއާއުއަށް އިންސާފު ހޯދައިދޭން ގޮވާލައިފި

ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 --
0%
50%
50%

އެއްވެސް ރަހުމެއް ނެތި އަނިޔާވެރިކަމާއެކު ޒުވާން އަންހެނަކު މަރާލާފައި ވާ މައްސަލާގަައި ކަންބޮޑުވުން ފާޅުކޮށް އެ އާއިލާއަށް އިންސާފު ހޯދާ ދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.

ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު އެ ސަރަހައްދުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ޝިއާއުއަށް ހަމަލާދީ މަރާލި މީހާއަކީ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް އެވެ.

އެ މައްސަލައާ ގުޅިގެން އިދިކޮޅު ދެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ރަހުމުކުޑަ ލާއިންސާނީ އަމަލު ހިންގި މީހާއާ އެކަމަށް ވާގިވެރިވި ބަޔަކާއި ހިތްވަރުދިން މީހުންނަކީ ކޮބައިކަން ހޯދާ ތަހުގީގު އަވަސް ކުރުމަށް ގޮވާލާ ކަމަށެވެ. އަދި އެފަދަ ރަހުމްކުޑަ ލާއިންސާނީ ޢަމަލު ހިންގާ މީހުންނާއެކު އެއްވެސް ހަމްދަރުދީއެއް ނެތި ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

ބައެއް މީހުން ބުނާ ގޮތުން މިއީ ހިތާވެގެން އުޅުނު ދެ މީހުން މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ހިނގާދިޔަ މާރާމާރީ އެކެވެ. އަންހެން މީހާގެ ބޯ ބުރިކޮށްލާ ދެ އަތާއި ދެ ފައިވެސް ބުރިކޮށްލާފައިވާ ކަމަަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ފުލުހުންގެ އިދާރާއިން އަަދި ކަަށަވަރެެއް ނުކޮށް ދެއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޢަބްދުއްރަޙީމް

ހިތާވެގެން އެއްކޮޓަރީގަ ދެމަފިރިންހެން އުޅެން މިހާރުގެ މިޖުތަމަޢު ރުހޭ. މިހެންބުނަންޖެހެނީ މައިންބަފައިން ބަލައެއްނުލާ ރައްޓެހިވެގެން އުޅޭ ކުދިންނާއެކު ގަންނަނީ ކޮންގަނޑެއްތޯއެވެ. ޚާއްޞަކޮށް އަތޮޅުތަކުން މާލެގޮސް ތިބޭ އަންހެންކުދިންނާ ފިރިހެންކުދިން ރައްޓެހިވެގެން ކުްލާސް ނިންމާލާ އެދެން ދެމަފިރިންނަށްވީ. މީ ޙަޤީޤަތް. މިކަންކަން ހޯދާ ބަލާމީހަކަށް މީ އެއްވެސް އޮޅުމެއްްއޮތްކަމެއްނޫން. އަހަރެމެން ކުޑައިރު ކުއްޖަކާ ކުޑަމިނުން އަޅުވާކިޔާލިޔަސް އެއްމަގުންވެސް ހިނގާކަށް ނުކުރޭ. މައިންބަފައިންނަށް އެކުއްޖާ ފެނުނަސް ލަދުން ހަލާކުވާވަރުވޭ. އެކަމަކު ހުޅަނގުގޮތަށް ކަންކަން ބަދަލުވުމުން ރައްްޓެހިވެ އެއް އެންދުގާ އޮއްތާލާ ހިސާބަށްގޮސް އެންމެފަހު ޒުވާބުކޮށް ކަރާއަތްފަޔާ ބުރިކޮށްލާ ހިސާބަށްދަނީ ދެއްތޯ. ހިތާމައިގެ ކޮޅެއްނެތް. ދީނުގައި އޮތްގޮތަށް ކަންކަމަށް ސަމާލުކަން ނުދެވޭތީ ވާގޮތްމީ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910