ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

335،000 މީހުން ވެކްސިން ފުރިހަމަކޮށްފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 335،199 މީހުން ވެކްސިން ފުރިހަމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ބުރާސްފަތި ދުވަހު 826 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 601 މީހުންނާއި މާލެ ސަރަހައްދުން ވެކްސިން ދިން 225 މީހުންނެވެ.

މިހާރު ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިހާތަނަށް ރާއްޖެއިން 391،542 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެެއެވެ. އަދި 335،199 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

އެޗްޕީއޭއިން ވަނީ ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމްވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ. ސުކޫލު ދަރިވަރުންގެ 40،000 ވުރެ ބޮޑު އާބާދީގެ 95 ޕަސެންޓް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.