އެމްޑީޕީ

ވޯޓުލުމުގެ އިންތިޒާމްތައް ދޯދިޔާ: އަކްރަމް

0%
0%
0%

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވާގޮތް ވަރަށް ދޯދިޔާ ކަމަށް މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުމަށް ދިޔަ މީހަކު ކަންބޮޑުވުން ފާޅުކޮށް ކޮށްފައިވާ މެސެޖެއްގެ ފޮޓޯ ޓްވިޓާގައި ހިއްސާކުރައްވަމުން އަކްރަމް ވިދާޅުވީ ވޯޓު ލުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތް ވަރަށް ދޯދިޔާ ކަމަށެވެ. އަދި ގިނަ ވޯޓް ފޮށިތައް ކައިރީގައި އިނީ އެންމެ އޮފިޝަލެއް ކަމަށާއި އެ އޮފިޝަލު އެކަނި މާއެކަނި ވޯޓްލާން ދާން މީހުންގެ ލިސްޓް ޗެކްކޮށް އެހެން މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ބައެއް ވޯޓު ފޮށިތަކުގައި ނަންބަރު ނެތް މައްސަލަ ވެސް ފާހަގަވެފައިވާ ކަމަށެވެ. މި ޓްވީޓްގައި އަކްރަމް ވަނީ ރައްޔިތުން މިޖިލީހުގެ ހެންވޭރު ހުނޅަގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ޓެގް ކުރައްވާފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބުގެ ވޯޓުލުން ފަށައިފައި ވަނީ މިއަދު 9:00 ގައެވެ. ހަވީރު 5:00 އާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެ އެވެ.

އެ ޕާޓީއިން މިހާރު ވަނީ އިންތިހާބުގެ ކަންކަމާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވައިލާފަ އެވެ.

މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފަ އެވެ.

ޓުލުން މިއަދު ކުރިއަށް ނުދާނީ ހަމައެކަނި ތ. ގުރައިދޫ ދާއިރާގަ އެވެ. އެއީ އެދާއިރާގައި ހިމެނޭ ބައެއް ރަށްރަށުގައި ކޮވިޑްގެ ހާލަތު މާ ގޯސްވުމުން ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. އެ ދާއިރާގައި ވޯޓުލުން ބާއްވާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަލާމް

އަލްޙަމްދު ލިﷲ މިކަހަލަ ގޮތެއް ފޮތެއް ނެތް ޕާޓީ އެއް ގައި އޮންނާނީ މިކަހަލަ ގޮތަކަށް.

އެސްދިޔަ ވެއްޓޭ ޢާޞިމާ

ކަންކަން ރާވަން މަތިފަޑީގަ ތިބެ ގޭތެރޭގަ ކުރަންޖެހޭ ކަންކަން ނުކުރެވޭ ވާހަކަ އަމިއްލަ މީހުން ދައްކަން ވީމަ ދެން ނަކަސްތަޅާ ހ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345