އެމްޑީޕީ

އެމްޑީޕީ އިންތިހާބު: ޝަކުވާއަށް ހުޅުވާލައިފި

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 އާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީން ބުނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބާއި ގުޅިގެން ޝަކުވާއެއްވާނަމަ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ އަންގާރަ ދުވަހުގެ ރޭގަނޑު 8:00 އާ ހަމައަށެވެ. ޝަކުވާ ހުށައެޅޭނީ އެކަމަށް ހާއްސަ ފޯމަކުންނެވެ.

އެމްޑީޕީ ދެ ފެކްޝަނަށް ބެހިފައިވާއިރު ހޮނިހިރު ދުވަހުފެ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ތާއީދު ކުރާ މެމްބަރުން ކަމަށް އެ ފެކްޝަނުން ދެކެއެވެ. ނަޝީދުގެ ފެކްޝަނުން ދެކޭ ގޮތުގައި ގައުމީ މަޖިލީހަށް ހޮވިޑައިގަތް މެޖޯރިޓީ މެންބަރުންނަކީ ބަރުލަމާނީ ފިކުރުގެ މެންބަރުންނެވެ.

މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މިނިސްޓަރު އިބްރާހިމް އަމީރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ފަދަ ރައީސް ސޯލިހްގެ އެންމެ އަރިސް ބޭފުޅުން ވަނީ ގައުމީ މަޖިލީހުގެ އައު ދައުރުންވެސް ފުރުސަތު ހޯއްދަވާފަ އެވެ. އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމުގެ ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފަ އެވެ.

މި އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރައީސް ނަޝީދު ތާއީދުކުރައްވާފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ އެމްޑީޕީ މެމްބަރުންނަށެވެ.